ޗައިނާގެ ޓިއަންގޮންގް ސްޕޭސް ސްޓޭޝަނަށް ވެންޓިއަން މޮޑިއުލް ފޯރުކޮށްދިނުމަށް ޖުލައި 24 ވަނަ ދުވަހު ލޯންޗްކުރި "ލޯންގް މާޗް 5ބީ" ކޮންޓުރޯލް ގެއްލި އިންޑިއާ ކަނޑަށް ވެއްޓިއްޖެ އެވެ.

މިރޮކެޓް ވެއްޓިފައިވަނީ ރޭ ރާއްޖެ ގަޑިން 21:55 ގަ އެވެ. މިރޮކެޓް ވެއްޓޭނެ ތަނެއް ބެލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދިޔައީ ރޮކެޓްގެ ބައިތައް މޮނީޓަރ ކުރަމުންނެވެ.

Ad
rt

ރޮކެޓްގެ ބައިތައް ކަނޑަށްވެއްޓުމުގެ ކުރިން އަނދާ ހުލިވާ މަންޒަރު މެލޭޝިއާގެ މަތިން މީހަކު ވަނީ ވީޑިއޯކޮށްފަ އެވެ. އޭނާ ހީކުރީ އެއީ ގިނިހިލަ ތަކެއް ކަމަށެވެ. ނަމަވެސް ޓުވިޓަރ ގައި މިމަންޒަރު ހިއްސާކުރުމާއި އެކު ވަނީ ވައިގައި ހިފާފަ އެވެ.

އެއަރޮސްޕޭސް ކޯޕަރޭޝަނުން ބުނެފައިވާގޮތުން މި ރޮކެޓުގައި ގާތްގަނޑަކަށް 22 މެޓްރިކް ޓަނު (ގާތްގަނޑަކަށް 48،500 ޕައުންޑް) ގެ ބަރުދަން ހުންނާނެ އެވެ. މިއީ މިހާ ބޮޑު އުޅަނދެއް ކޮންޓްރޯލެއްނެތި ދުނިޔެއަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. މިއީ މިހާ ބޮޑު އުޅަނދެއް ކޮންޓްރޯލެއްނެތި ދުނިޔެއަށް ވެއްޓުނު ދެވަނަ ފަހަރެވެ.

ޗައިނާގެ ހިއުމަން ސްޕޭފްލައިޓް އެޖެންސީން އިއުލާން ކުރި ގޮތުގައި ލޯންގް މާޗް 5ބީގެ ކުނިތައް އަލުން ދުނިޔޭގެ ސަތަހައަށް ވަދެފައިވަނީ ރޭ ގާތްގަނޑަކަށް 21:55 ހާއިރު އެވެ. ވެއްޓިފައިވަނީ ޑެބްރިސް ލޭންޑިންގ އޭރިއާއެއް އޮންނަ، ސުލޫ ކަނޑުގައި ކައިރި އަށެވެ.

ޗައިނާ ސްޕޭސް އެޖެންސީން ދުނިޔޭގެ ޖައްވަށް ވަންނަ ރޮކެޓް ކުނިތަކުގައި އަލިފާން ރޯވެފައިވާ ކަމަށް މައުލޫމާތު ދީފައިވާތީ، މެލޭޝިއާގެ ސްޕޭސް އެޖެންސީ (މައިސާ) އާއި ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން މިނިސްޓްރީން ދިޔައީ އެގައުމުގެ ވައިގެ ސަރަހައްދު މޮނިޓަރ ކުރަމުންނެވެ.

އަނދަމުންދާ ކުނިތައް މެލޭޝިއާގެ ވައިގެ ސަރަހައްދު ހުރަސްކޮށް ސަރަވާކްގެ މަތިން ހިމެނޭ ގޮތަށް ބައެއް ސަރަހައްދުތަކުން ފެނިފައިވާކަމަށް ވެއެވެ.

ކެލިފޯނިއާގެ އެލް ސެގުންޑޯގައި ހުންނަ އެއަރޮސްޕޭސް ކޯޕަރޭޝަނުން ބުނެފައިވަނީ، ދުނިޔޭގެ ސަތަހައަށް ވަނުމާއި އެކު މި ރޮކެޓްގެ ބައިތައް އަނދާ އެކީ ހުލި ވެފައިވާކަމަށެވެ.

ޖައްވުން ވެއްޓޭ އެއްޗެއް މީހެއްގެ ގައިގައި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. ސަބަބަކީ ދުނިޔޭގެ ބޮޑު ބައެއް ކަވަރުވެފައި ވަނީ ކަނޑުން ކަމަށް ވާތީ އެވެ.

ޗައިނާއިން ގާއިމުކުރާ ޖައްވީ ސްޓޭޝަން ކަމަށްވާ "ޓިއަންހޭ ސްޕޭސް ސްޓޭޝަން" ގެ ފުރަތަމަ މޮޑިއުލް ލޯންޗުކުރުމަށް މިދިޔަ އަހަރު އޭޕްރީލް މަހުގެ 29 ވަނަދުވަހު ފޮނުވާލި އުޅަދުވެސް ވަނީ ދުނިޔެއަށް ވެއްޓިފަ އެވެ. އެ ރޮކެޓްގެ ބައިތައް ވެއްޓުނީ ރާއްޖޭގެ ހުޅަނގުން ނިލަންދެއަތޮޅުގެ ރަށްތަކާއި ގާތަށް މިދިޔަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހު އެވެ.

'ލޯންގް މާޗް ފައިވް - ބީ' ގެ ނަން ނަންދީފައިވާ އެ ރޮކެޓް ވަނީ ޖައްވީ ސްޓޭޝަނުގެ ފުރަތަމަ މޮޑިއުލް ކާމިޔާބުކަމާއެކު ގެންގޮސްފައެވެ. އެހެންނަމަވެސް ރޮކެޓްގެ ކޮންޓްރޯލް ގެއްލި، ދުނިޔޭގެ ވައިގެ ފަށަލައަށް އަލުން ވަނުމާއެކު ގޮވައި ކުދިކުދިވެ އޭގެ ބައިތައް ފޭބީ އެވެ.

މިކަމާ ގުޅިގެން ނާސާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖައްވީ އުޅަނދުތައް އަނބުރާ ދުނިޔެއަށް އަންނައިރު އޭގެ ސަބަބުން މީހުންނަށާއި މުދަލަށް ގެއްލުން ނުވާނެހެން އަމަލު ކުރަންޖެހޭ ކަމުގައެވެ. ޖައްވަށް އެކި ކަހަލަ އުޅަނދުތައް ފޮނުވައި ގެނެސް ހަދާ ގައުމުތަކުން މިކަމަށް ފަރުވާތެރިވާން ޖެހޭ ކަމުގައެވެ. ޖައްވީ ޕްރޮގްރާމްތައް ހިންގަންވާނީ ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ކަމަށް ބުނެފައިވެއެވެ.

ޖައްވަށް ރޮކެޓެއް ފޮނުވާލީމާ އެހިސާބުން ގާބިލް ބަޔަކަށް ވެވުނީ ނޫންކަމަށާއި އެޒާތުގެ މަސައްކަތް ޒިންމާދާރު ކަމާއެކު ކުރިއަށް ގެންދިޔުމުގައި ޗައިނާގެ ގާބިލްކަމެއް ނެތްކަން މިހާރު ސާފުކޮށް އެނގޭ ކަމަށްވެސް މި ބަޔާނުގައި ވެއެވެ.

'ލޯންގް މާޗް ފައިވް - ބީ' ރޮކެޓަކީ 30 މީޓަރު ދިގު، ފަސް މީޓަރު ފުޅާ، ބަރުދަނުގައި 21 ޓަނު ހުރި ރޮކެޓެކެވެ.

2019 އަހަރު ވެސް ވަނީ ރޮކެޓުގެ ބައެއް ދުނިޔެ އަށް ވެއްޓިފަ އެެވެ. އެ ފަހަރު ރޮކެޓުގެ ބައި ވެއްޓިފައި ވަނީ އެފްރިކާގެ އައިވަރީ ކޯސްޓަށެވެ. އެމެރިކާގެ ޖައްވީ ސްޓޭޝަން ސްކައިލެބުގެ ބައިތަކެއް 1979 ވަނަ އަހަރު ވަނީ ވެސްޓަން އޮސްޓްރޭލިއާ އަށް ވެއްޓިފަ އެވެ.