ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިއަހަރުގެ ދެވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެ ކުންފުނިން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއީ އޭގެ ކުރީ ކުއާޓަރއާ އަޅާބަލާއިރު 22 އިންސައްތައިގެ ކުރިއެރުމެކެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ވިއްކި ތެލުގެ ޖުމްލަ އާމްދަނީ އޭގެ ކުރީ ކުއާޓާރާ އަޅާބަލާއިރު އިތުރުވެފައިވުން ކަމަށް އެސްޓީއޯއިން ދެކެއެވެ.
ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވީނަމަވެސް، ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 11 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ ކުރީ އަހަރިގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 2 އިންސައްތައިގެ ދަށްވުމެކެވެ.
ޖުމްލަ ފައިދާ ދަށްވި މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި މަތިވެގެން ދިޔަ ވަރަށް އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގު އެ ނިސްބަތުން އިތުރުކޮށްފައިނުވުން ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯގެ ޖުމްލަ ފައިދާ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު ދަށްވިކަމުގައި ވީނަމަވެސް، ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 217 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ، އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނީގެ އެހެނިހެން އާމްދަނީ އިތުރުވުމާއެކު ހިންގުމުގެ ހަރަދު ކުޑަކުރެވިފައިވުން ކަމަށް އެކުންފުނިން ބުންޏެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓާރގެ ސާފު ފައިދާއަކީ 188 މިލިއަން ރުފިޔާއެވެ. މިއީ، އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 6 އިންސައްތައިގެ ކުރިއެރުމެކެވެ.
We have published our 2nd Quarter Report of 2022. Our total revenue for Q2|2022 amounts to MVR 4.9 billion which is an increase of 22% compared to previous quarter. Full Report: https://t.co/6DQmNxLjCi
1/2 pic.twitter.com/17i1FXjIpr
— STO (@stoplc) July 30, 2022
މީގެ އިތުރުން ކުންފުނީގެ ސަބްސިޑަރީތަކުން ލިބިފައިވާ ޑިވިޑެންޑް އެކައުންޓް ކުރުމާއިއެކު ކުންފުނީގެ ނެޓް ފައިނޭންސް ކޮސްޓް ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 10 އިންސައްތަ ދަށްކުރެވިފައެވެ. ޓެކްސްއަށް ކެނޑުމަށްފަހު މި ކުއާޓަރގެ ސާފު ފައިދާއަކީ 155 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!