ރޭގަނޑުގެ ފުރިހަމަ ނިދިން ނިދާލުމަކީ އަޅުގަނޑުމެންގެ ތެރިން ގިނަ ޢަދަދެއްގެ މީހުންނެއްގެ ހިތުގައި އަށަގަނެފައިވާ އެއް އުންމީދެވެ. ނަމަވެސް އެކި ކަންކަމާއި ހުރެ ރޭގަނޑުގެ ނިދި ޚަރާބުވެގެން ދިއުމަކީ، ވިދިގެން އަންނަ ހެނދުނުގެ މަޖާ ނަގާލާ ކަމަކަށް ވަނީ ވެފައެވެ. އޭގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވުނު އެއްކަމަކީ ދަންވަރު 2 ނުވަތަ 3 ޖަހާއިރު ފާޚާނާ ކުރުމަށްޓަކަޢި ތެދުވަން ޖެހުމެވެ.

އަޅުގަނޑުމެންގެ ތެރެއިން މިކަމާއި ކުރިމަތިލާން ޖެހެނީ ކިތަށް މީހުންނަށްބާއެވެ؟ ނިދަން ދާންމައްޗަށް އެރުމުގެ ކުރިން ފާޚާނާ ކޮށްލުމުނެވެސް ހައްލެއް ނާންނަނީ ކީއްވެބާއެވެ؟ ރޭގަނޑުގެ ވަޤުތު ފެން ބުއިން މަދުކުރުމުންވެސް އެއްވެސް އަސަރެއް ނުކުރަނީ ކީއްވެބާއެވެ؟ މިފަހަރު އަނެއްކާ ހެނދުނާއި ހަމައަށް ކޮންޓްރޯލް ކޮށްލެވިދާނެބާއެވެ؟ މިކަމަށް ޙައްލެއް އެބައޮތްބާއެވެ؟

Ad
rt

މިއީ އަޅުގަނޑުމެންގެތެރެއިން ވަރަށް ގިނަ މީހުންނަށް ރޭގަނޑުގެ އެ ވަޤުތުކޮޅު އަރާމު ނިދިންނާއި ދާންމަތި ދޫކޮށްލާފައި ދާންޖެހުމުން އަމިއްލަ ނަފްސާޢި ކޮށްލެވޭ ސުވާލްތަކެވެ. ހަމަ ޙާޤީޤަތުގައިވެސް މިކަމަށް ޙައްލެއް އެބައޮތްބާއެވެ؟

އާދެ، ދިރާސާތަކުން ހޯދި ހޯދުމުން، މިކަމަށް އޮތް އެއް ޙައްލަކީ މޫދު ލޮނެވެ. އާދައިގެމަތީން އަޅުގަނޑުމެން ނިދުމުގެ ކުރިން ބުއިމެއް ބޯން ބޭނުންވާނަމަ އިޚްތިޔާރު ކުރަނީ ސައިތައްޓެއް ނުވަތަ ކިރުތައްޓެކެވެ. ޚާއްސަކޮށް ނިދުމުގެ ކުރިން ކިރުތައްޓެއްބުއިމުން ނިދަން ފަސޭހަވާނެކަމަށް ދިރާސާތަކުން ދައްކާއިރު، ނިދުމުގެ 30 މިނިޓް ކުރިން މޫދު ލޮނުތައްޓެއް ބޯލުމުން ރޭގަނޑުގެ މިއުނދަގުލަށް ލުޔެއް ލިބިގެންދެއެވެ.

ރޭގަނޑުގެ ވަޤުތު ފާޚާނާ ކުރަން ދާންޖެހުމުގެ އެއް ސަބަބަކީ ހަށިގަނޑުގެ އެތެރޭ ފްލުއިޑްސްގެ ހަމަހަމަކަން ގެއްލުމެވެ. އަދި ޚުދް ހަށިގަނޑުން އަމިއްލައަށް މިކަން އިސްލާހު ކުރުމަށްޓަކައި ގައިގެ އެތެރޭގައި ހަޖަމްކުރުމަށްފަހު އިތުރުވެބާކީވެފައިވާ ފެންފޮދު ބޭރުކޮށްލުމަށްޓަކައި ފާޚާނާ ކުރުމުގެ ސިގްނަލް ދެއެވެ. މޫދު ލޮނަކީ އޭގައި ގިނަ ޢަދަދަކަށް މިނަރަލްސް އަދި އިލެކްޓްރޮލައިޓްސް ހިމެނޭ ފެނަކަށްވުމުން، އެފެން ބުއިމުގެ ސަބަބުން ހަށުގަނޑުގެ ފްލުއިޑްސްތަށް އެއް ހަމައެއްގައި ބަހައްޓައިދީ ފާޚާނާއަށް ކުރަންޖެހޭ ދަތުރުތަކުން ސަލާމަތްކޮށްދެއެވެ.

އެކަމަކު ރޭގަނޑު ނިދުމުގެ ކުރިން ފެން ބުއިމުން ފާޚާނަށް ދެވޭނީނޫންތޯއެވެ؟ އާދެ ފެންބުއިމުން އެހެން ވެދާނެއެވެ. ނަމަވެސް މޫދުލޮނަކީ އެ ފެން ބުއިމަށްފަހު ހަށިގަނޑުގައި އިތުރަށް ފްލުއިޑްސް ރައްކާ ކުރުމުން ދުރުކޮށްދޭ މާއްދާއެއްވާ ފެނެކެވެ.

ދެން އުފެދޭ ސުވާލަކީ، ބޯންވީ ކިހާވަރެއްގެ މޫދު ލޮނެއްބާއެވެ؟ ދިރާސާތަކުން ދައްކާ ގޮތުގައި ނިދުމުގެ ކުއިން 8 އައުންސް ފެންތައްޓަކަށް ތިން އިނގިލިން ހިފާލެވޭވަރުގެ ލޮނު ކޮޅަކުން ފުދޭނެއެވެ. މޫދު ލޮނަކީ މާގިނައިން އެތެރެހަށްޓަށް ވަނުމުން އޭގެ ނޭދެވޭ އަސަރު ކޮށްފާނޭ އެއްޗެކެވެ. 50 އަހަރުން މަތީގެ އަންހެނުންނަށް ޚާއްސަކޮށް އެއީ ލޮނު މަދުކުރަންޖެހޭ ޢުމުރެކެވެ. އަދި ނިދުމުގެ ކުއިން ހަށިގަނޑަށް އެތެރެ ކުރެވޭ ލޮނުގެ ޢަދަދު ގިނަވެއްޖެނަމަ ނިދިން މަޙްރޫމްވުމަކީވެސް އެކަށީގެންވާކަމެކެވެ.

ނިދުމުގެ ކުރިން މޫދު ލޮނުފޮދެއް ބުއިމަކީ ދުވާލަކަށް ހަށިގަނޑަށް އެތެރެ ކުރެވޭ ލޮނުގެ ޢަދަދު ދަށްކޮށްލަން ޖެހޭ ކަމެއްކަމުގައިވާނަމެ، އެއީ ރޭގަނޑުގެ ފުރިހަމަ ނިދި ހޯދާލުމަށްޓަކައި ކޮށްލަންޖެހޭ ކުޑަކުޑަ ޤުރުބާނީއެއްނޫންތޯއެވެ؟

ފަހު ސުވާލަކަށް، ގޭގައި ކައްކަން ގެންގުޅޭ ލޮނު ބޭނުން ކުރެވިދާނެބާއެވެ؟ އައޮޑިން ލޮނަކީ ބިމުގެ އަޑިން ނަގާފައިވާ ލޮނަށްވާއިރު މޫދު ލޮނަކީ، ލޮނުފެން (އެވަޕޮރޭޓް) ހިއްކާފައި ނަގާ ލޮނެވެ. ރޭގަނޑު ދަންވަރު މިދިމާވާ މައްސަލައަށް ދިރާސާވެރިން މޫދު ލޮނު އިޚްތިޔާރު ކުރަނީ އޭގައިވާ މާއްދާތަކަށް ބަލާފައެވެ. ފިހާރަތަކުން ވަރަށް ފަސޭހައިން މޫދު ލޮނު ޕެކެޓްވެސް ލިބެން ހުރެއެވެ. ނަމަވެސް، ހިތް އެދޭނަމަ، އައޮޑިން ލޮނުން ޓެސްޓް ކޮށްލާށެވެ. ނަތީޖާ ނާންނަނަމަ، ރާއްޖޭގައި މޫދުލޮނުގެ ދަތިކަމަކަށް ޖެހިފައިނުވޭދެއްތޯއެވެ.