އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ގޭމަރުންނަށް ހާއްސަކޮށްގެން ޗުއްޓީ ޕެކޭޖެއް ތައާރަފު ކޮށްފިއެވެ.
މި ޕެކޭޖުގެ ދަށުން އުރީދޫ ކަސްޓަމަރުންނަަށް އެ ކުންފުނީގެ އެޕް ބޭނުން ކޮށްގެން އެންމެ 100 ރުފިޔާއަށް 100 ޖީބީ ލިބޭނެއެވެ. ގޭމަރުން ނޫން ކަސްޓަމަރުންނަށް ވެސް މި ޕެކޭޖް އެކްޓީވޭޓް ކުރެވޭނެއެވެ.
“ބޮޑު ޗުއްޓީ ޕެކް” ގެ ގޮތިގައި ދޭ މި ޑޭޓާ ޕެކް އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން ތިން ދުވަހަށް ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ މި ޑޭޓާ ޕެކުގެ ސަބަބުން ލައިވް ސްޓްރީމް ކުރާ ގޭމަރުންނަށާއި ގޭމް ނުވަތަ ސޮފްޓްވެއާ އަޕްޑޭޓް ކުރަން ބޭނުންވާ ފަރާތްތަކަށް ފައިދާވާނެއެވެ. އެއީ މިފަދަ ކަންކަމަށް ޖީބީއަކަށް ވުރެ ބޮޑު ހޭދައެއް ކުރަން ޖެހޭނެތީއެވެ.
މި ޑޭޓާ ޕެކޭޖު އަންނަ މަހުގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެއެވެ.
އުރީދޫއިން އަންނަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވައި ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދާދި ފަހުން އެ ކުންފުނިން ވަނީ ގޭމަރުންނަށް ހާއްސަ “އުރީދޫ ނޭޝަން” ވެސް ރާއްޖެއަށް ތައާރަފު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!