ދޭތެރެ ދޭތެރެއިން ފޯނު ބަދަލު ކުރުމަކީ ދިވެހިންގެ ތެރޭގައި އާންމު ކަމެކެވެ. މާބޮޑަށް ފޯނު ބާނުވިޔަސް ނުވަތަ ހަލާކު ނުވިޔަސް ބާޒާރަށް އާފޯނެއް ނިކުމެއްޖެ ނަމަ ބައެއް މީހުން ފޯނު އާކޮށްލަ އެވެ.

އާފޯނެއް ލިބުމާއި އެކު ކުރީ ފޯނު ކުޑަ އަގެއްގައި ވިއްކާލަނީ އެވެ. ނޫނީ ކޮންމެވެސް މީހަކަށް ދެނީ އެވެ. ފޯނު ވިއްކާލާއިރު ނުވަތަ މީހަކަށް ދޭއިރު ސަމާލުވާޖެހޭ ކަންކަން ވަރަށް ގިނައެވެ. ހާއްސަކޮން ނުދަންނަ މީހަކަށް ފޯނު ވިއްކާލާނަމަ މިކަން ކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ އެވެ. އެއީ، ދަންނަ މީހަކަށް ފޯނު ދޭނަމަ، ނުވަތަ ވިއްކާނަމަ ފަހުން ބޭނުން ޖެހިއްޖެ ހާލަތެއްގައި އެމީހަކު ހޯދިދާނެ އެވެ.

Ad
rt

ތިރީގައި މިފާހަގަކުރާ ކަންކަމަށް ސަމާލު ނުވެއްޖެ ނަމަ ފަހުން ހިތާމަ ކުރަންވެސް ޖެހިދާނެއެވެ. ޑިޖިޓަލް އެކައުންޓްތައް އެހެންމީހެއްގެ އަތްމައްޗަށް ދިޔަ ނުދިޔުމަށް މިކަންކަމަށް ސަމާލުވާން ޖެހެ އެވެ.

1. ފޯނު އެކީ ބެކްއަޕް ނެގުން

ފޯނު ބަދަލުކުރާއިރު އެއްވެސް ޑޭޓާއެއް ގެއްލޭކަށް އެއްވެސް މީހަކު ބޭނުން ނުވާނެ އެވެ. މީހުންގެ ނަންބަރު ތަކާއި ފޮޓޯ ތަކާއި ވީޑިއޯ ތަކާއި މުހިންމު ފައިލްތައް ނެގުނުތޯ ކަށަވަރު ކުރަން ވާނެއެވެ. އަދި މުހިންމު މަޢުލޫމާތުތައް ނޯޓްކޮށްފައިވާ ނޯޓްތައްވެސް ނަގަން ވާނެއެވެ.

ހުރިހާ އެއްޗެއް ކްލައުޑަށް ނުވަތަ ތަފާތު ޑިވައިސްއަކަށް ބެކްއަޕްކުރާނަމަ އެންމެ ފަހުގެ ތާރީހަށް ހުރިތޯ ޔަގީން ކުރުމަކީ ރަނގަޅު ކަމެކެވެ. (އެޕަލް ފޮޓޯ، ގޫގުލް ފޮޓޯ ނުވަތަ ޑްރޮޕްބޮކްސް ފަދަ ޚިދުމަތްތަކުން މިކަންކަން ބެލެހެއްޓޭނެއެވެ).

އައިފޯން އަދި އެންޑްރޮއިޑް ފޯނުތަކުގައި ބިލްޓް-އިން ބެކަޕް ހިދުމަތްތައް ލިބިގެންދާނެއެވެ.

2. ޓޫ ފެކްޓަރ އޮތެންޓިކޭޝަން ކޯޑްތައް ގެންދިއުން

ސްމާޓް ފޯނުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ޑިވައިސްއެއްގެ ގޮތުގައި ބޭނުންކުރުމަކީ ސްމާޓް ޚިޔާލެކެވެ. ޓޫ ފެކްޓަރ އޮތެންޓިކޭޝަން އަކީ ހަމައެކަނި ޔޫޒަރނޭމް އާއި ޕާސްވޯޑް ބޭނުންކޮށްގެން އެހެން މީހުންނަށް އެކައުންޓްތަކަށް ނުވަދެވޭނެ ގޮތެކެވެ. ނަމަވެސް މި އިތުރު ސެކިއުރިޓީ ފިޔަވަޅަކީ ޑިވައިސް ބަދަލުކުރާއިރު ސަމާލު ނުވެއްޖެ ނަމަ ފަހުން މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

މުހިންމު ގޮތެއްގައި، ސޯޝަލް މީޑިއާ އެޕްތަކުން ފެށިގެން އީމެއިލް ކްލައިންޓުންނާ ހަމައަށް ހުރިހާ ބާވަތެއްގެ އެކައުންޓްތަކަށް ވަނުމުގެ ތަޅުދަނޑިއަކަށް މިހާރު ފޯނު ވެދާނެ އެވެ. ޓޫ ފެކްޓަރ ކޯޑްތައް އުފެއްދުމަށް އެޕް ބޭނުންކުރާނަމަ، ދެން އާންމު ގޮތެއްގައި އެކައުންޓްތަކަށް ވަނުން ކުރިއަށް ގެންދެވޭނެ ގޮތް ހެދުމަށްޓަކައި އާ ފޯނުގައި މި އެޕް ސެޓްއަޕް ކުރަން ޖެހެ އެވެ.

މިކަން ކުރާ ގޮތް ކުޑަކޮށް އެކި އެޕްތަކުގައި ތަފާތުވާނެއެވެ.

3. އެކައުންޓްތަކުން ސައިން އައުޓް ވުން

ކުރީގެ ފޯނު ދޫކޮށްލުމުގެ ކުރިން ވީހާވެސް ގިނަ އެޕްތަކުން ސައިން އައުޓްކޮށްލުމަކީ ރައްކާތެރިގޮތެކެވެ. މިސާލަކަށް ބޭންކް އެޕްލިކޭޝަން، އީމެއިލް، މެސެންޖަރ ފޭސްބުކް ޓުވިޓަރ ވައިބަރ ފަދަ އެޕްތަކަށް ސަމާލު ވާންޖެހޭނެ އެވެ. ނޫނީ ތިބާގެ ނަމުގައި އެހެން މީހުންނާއި މުއާމަލާތްކޮށް ނޫނީ ތިބާގެ ޒާތީ މަޢުލޫމާތުތައް ބެލިދާނެއެވެ.

ހުރިހާ ތަނަކުން ސައިން އައުޓް ކުރުމުގެ ކުރިން، ހުރިހާ ޕާސްވޯޑެއް އެނގޭކަން ޔަގީން ކުރައްވަން ވާނެއެވެ. އަލުން ސައިން އިން ވުމަށް އެ ޕާސްވޯޑްތައް ބޭނުންވާނެ އެވެ.

4. ޗެޓްތައް ޓްރާންސްފާ ކުރުން

މީގެ ކުރިން ފާހަގަކުރި ބެކަޕް ކުރުމުގެ ތެރޭގައި ބައެއް އެޕްލިކޭޝަންތަކުގެ ޗެޓްލޮގް ބެކަޕް ނުވެދާނެއެވެ.

ޓްވިޓާ އަދި ފޭސްބުކް މެސެންޖާ އަދި ގޫގުލް ޗެޓް ފަދަ އެޕްތަކުން ހުރިހާ އެއްޗެއް ކްލައުޑްގައި ހުންނާނެ އެވެ. އެޕަލް އައިމެސެޖް މެދުވެރިކޮށް ޗެޓްތައް ބެކަޕްކޮށް އައިކްލޯޑް މެދުވެރިކޮށް އެތައް ޑިވައިސްއަކަށް ސިންކް ކުރެވެ އެވެ. ސިގްނަލް ބޭނުންކުރާ މީހެއް ނަމަ އަދި އާ ފޯނުތަކާއި ކުރީގެ ފޯނުތައް ވެސް ލިބެން ހުރި ނަމަ ބިލްޓް-އިން އެކައުންޓް ޓްރާންސްފާ ފީޗާ ބޭނުން ކުރެވިދާނެ އެވެ.

ވަޓްސްއެޕްގައި ޗެޓް ބެކަޕް އަދި ރިސްޓޯރ ފީޗާއެއް ބޭނުން ކުރެވިދާނެއެވެ. ވައިބަރ ޗެޓްތައްވެސް ބެކްއަޕް ކުރަން ބޭނުންނަމަ ކުރެވިދާނެއެވެ.

5. ފެކްޓްރީ ރީސެޓް އެއް ކުރުން

އެންމެ ފަހުން ކަމަކަށް، ސްމާޓްފޯނު ފުރަތަމަ ލިބުނުއިރު އޮތް ހާލަތަށް އަނބުރާ ގެނައުމަށް ފެކްޓްރީ ރީސެޓް ކުރަންވާނެ އެވެ. އެކަމަކު މަތީގައިވާ ލިސްޓުގައި ފާހަގަކުރި ހުރިހާ ކަމެއް ކުރުމަށްފަހުގައެވެ.

އެހެން މީހަކަށް ތިބާގެ އެކައުންޓްތަކަށް ނުވަދެވޭނެ ނުވަތަ ތިބާގެ ޑޭޓާއަށް ނުވަދެވޭނެކަން ޔަގީންކުރުމަށެވެ. ތިބާގެ ހުރިހާ ފައިލްތަކާއި އެޕްތަކާއި ލޮގިންސްތައް ފޮހެވިގެންދާނެއެވެ. ގޭގައި ސެޓްއަޕްކޮށްފައިވާ ވައިފައި ނެޓްވޯކްގެ ތަފްސީލުން ފެށިގެން، ހުރިހާ ކަމެއް... ޑިވައިސްގައި ހުންނަ ބްރައުޒިން ހީސްޓްރީ، ޑައުންލޯޑް ކޮށްފައިވާ ވޯލްޕޭޕަރތަކަށް، ލޯކަލް ސްޓޯރޭޖުން ފޮހެވިގެންދެއެވެ.

އެންޑްރޮއިޑް ފޯނެއްނަމަ ސެޓިންގްސް އިން ސިސްޓަމް، ރީސެޓް އޮޕްޝަންސް އަދި އިރާސް އޯލް ޑޭޓާ (ފެކްޓްރީ ރީސެޓް) އެވެ. އައިއޯއެސް ސެޓިންގްސް އިން ޖެނެރަލް، ޓްރާންސްފާ ނުވަތަ ރީސެޓް އައިފޯން، ހުރިހާ ކޮންޓެންޓާއި ސެޓިންގްސް ފޮހެލާށެވެ.

ފެކްޓްރީ ރިސެޓް ކުރިނަމަވެސް އެންޑްރޮއިޑް ފޯނުތަކުގައި އިތުރު މެމޮރީ ކާޑެއް އިންނަމަ އޭގައި އެއްވެސް އެއްޗެއް ހުރިތޯ ވަކިން ބަލާލުން ބުއްދިވެރި އެވެ.