މިނިވަން ދުވަހުގެ މުނާސަބާތުގައި މިއަދު "ސެމިލީސް" ރެސްޓޯރެންޓްއިން އުރީދޫގެ ކަސްޓަމަރުންނަށް %26 ޑިސްކައުންޓެއް ދޭން ނިންމައިފިއެވެ.

އުރީދޫން މިއަދު ބުނީ، މިނިވަން ދުވަހުގެ އުފަލުގައި އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް "ސެމިލީސް" ޗީޒް ފޮންޑޫ އަދި ޗޮކްލެޓް ފޮންޑޫ އިން %26 ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

Ad
rt

ސެމިލީސްގެ މާލޭގެ އައުޓްލެޓް ތަކުން ޑިސްކައުންޓް ލިބިގެން ދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

މިއީ އުރީދޫގެ ކަސްޓަމަރުންނަށް އާއިލާ އާއި ރަހުމަތްތެރިންނާއި އެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ފުރިހަމަ ފުރުސަތެއް ކަމަށް އުރީދޫން ބުންޏެވެ.

މީގެ އިތުރުން ސެމިލީސް ރެސްޓޯރެންޓްގެ ބިލަށް އުރީދޫގެ އެމްފައިސާ އެޕް މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ ކުރިންވެސް އުރީދޫ އިން ވަނީ ސެމިލީސް ރެސްޓޯރެންޓްއާއި ގުޅިގެން ހާއްސަ މުނާސަބަތުތަކުގައި ޕްރޮމޯޝަން ތަކެއް ހިންގާފައެވެ. އެގޮތުން 2021 ވަނަ އަހަރު އުރީދޫގެ އަހަރީ ދުވަހާއި ގުޅިގެން ސެމިލީސް އިން ކުރާ އޯޑަރުތަކާ އެކު ހިލޭ ޕިއްޒާ އާއި ބާގާ އާއި ޑަމްޕްލިންސް އަދި ފްރޭންކީސް ވަނީ ދީފައެވެ.