ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ޑްރެޖަރު އެ ރަށަށް ގެންގޮސްފިއެވެ.
މި މަޝްރޫއުގެ ދަށުން ގެންގޮސްފައިވަނީ ކަޓަ ސަކްޝަން ޑްރެޖަރު- ޖައްރާފާ 4އެވެ. މި ޑްރެޖަރު އެ ރަށަށް ގެންގޮސްފައިވަނީ އިއްޔެއެވެ.
މި މަޝްރޫއުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން، 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމާއި، ޓާމިނަލް ބިލްޑިންއަކާއި ފަޔަ ބިލްޑިން އެޅުމާއި، އަލިފާންނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
On 24th July 2022 we have mobilized Cutter Suction Dredger -Jarraafa 4 to R. Alifushi for the Land Reclamation and Airport Development Project. #MTCCProjects #RayyithungeKunfuni pic.twitter.com/RqTMzDhnls
— MTCC Plc (@MTCCPlc) July 25, 2022
މި މަސައްކަޔް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނަި (އެމްޓީސީސީ) އާ ހަވާލު ކޮށްފައިވަނީ 451.6 މިލިއަން ރުފިޔާއަށެވެ.
އަލިފުށީގައި އެއާޕޯޓެއް ތަރައްގީ ކުރުމަކީ މި ސަރުކާރު ވައުދެކެވެ.
މިއީ ރ. އަތޮޅުގައި އަޅާ ދެވަނަ އެއާޕޯޓެވެ. ފުރަތަމަ އެއާޕޯޓު އޮންނަނީ އިފުރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!