ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ އިސްތިއުނާފް ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ.

މިދިޔަ މަހު ގަލޮޅު ދަނޑުގައި ހިންގި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް، މުހައްމަދު އިސްމާއިލް އަދިވެސް ހުރީ ބަންދުކޮށްފަ އެވެ.

Ad
rt

އެންމެ ފަހުން ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް އިތުރުކޮށްދިނީ 30 ދުވަހުގެ މުއްދަތެކެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމި ސަބަބެއް އެ ކޯޓުން އަދި އާންމެއް ނުކުރެ އެވެ.

އެ ހަމަނުޖެހުމާ ގުޅިގެން ގިނަ ބަޔަކު ހައްޔަރު ކުރިޔަސް، ގިނަ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އޭގެ ތެރޭގައި ޝައިހް ފަޒްލޫން މުހައްމަދު ވެސް ހިމެނެ އެވެ. ޝައިހް އާދަމް ނިޝާން އަދިވެސް ހުރީ ބަންދުގަ އެވެ.