އާ އަދަބީބަހެއް ހޯދަން އެސްޓީއޯއިން ހުޅުވާލި ފުރުސަތުގައި ލިބުނު ބަސްތަކުގެ ތެރެއިން އެންމެ މަގުބޫލު ބަހެއް ހޯދަން އާއްމުންނަށް ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ މާދަމާގެ ނިޔަލަށެވެ.

Ad
rt

އެސްޓީއޯއިން ބުނީ އާ އަދަބީބަހެއް ހޯދަން އެ ކުންފުނިން ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ އާ ބަސްތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން، 36 އާ އަދަބީ ބަސްތަކެއް އެސްޓީއޯއިން ވަނީ އާއްމުންގެ ވޯޓަށް ހުޅުވާލައިފައެވެ.

މި ވޯޓުގައި ބައިވެރިވުމަށް އެމީހަކަށް އެންމެ ކަމުދާ އާ އަދަބީ ބަސް ހިޔާރު ކުރުމަށްފަހު އެ އަދަބީ ބަސް ނުވަތަ އޭގެ ނަންބަރު އެސްޓީއޯގެ ޕޭޖަށް މެސެޖުގެ ޒަރީއާއިން ފޮނުވާލެވޭނެއެވެ.

އެސްޓީއޯއިމް އާ އަދަބީ ބަހެއް ހޯދަން ކެމްޕޭނެއް ފަށާފައިވަނީ މެއި މަހުގައެވެ. މި ކެމްޕޭނުގެ ދަށުން އަދަބީ ބަސް ހެދުމުގެ މުބާރާތެއް އިއުލާން ކުރިއެވެ. އެއީ، ދިވެހި ބަހުގައި ހިމެނޭ އަދަބީ ބަސްތަކުގެ ހަޒާނާ އިތުރަށް މުއްސަނދިކުރުމުގެ ގޮތުން ކުރިޔަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް މެލޭޝިއާ ދެކޮޅު ޓިކެޓާއި 1000 ޑޮލަރުގެ ފައިސާގެ އިނާމެއް އެސްޓީއޯއިން ވަނީ ހުށަހަޅައިފައެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޖޫން މަހުގެ ނިޔަލަށެވެ.