ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ހިނގަދިޔަ ކަންތައްތަކާއިގުޅިގެން ހައްޔަރުކުރި ޝެއިހް ފަޒްލޫން މުހައްމަދު މިއަދު ދޫކޮށްލައިފި އެވެ.
ށ. މިލަންދޫއަށް ނިސްބަތްވެވަޑައިގަންނަވާ ސެއިޚް މިއަދު ދޫކޮށްލީ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކަކާއެކުގައެވެ.
މި ޝަރުތުތަކުގެ ތެރޭގައި މާލެއިން ބޭރަށް ދާނަމަ އެންގުމަށާއި، ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެންގުމަށް ޝަރުތު ކޮށްފައިވެއެވެ. އަދި އޭނާ އުޅޭ އެޑްރެސް އެންގުމަށާއި އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަންވެސް އެންގުމަށެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށްވެސް ކޯޓުން ވަނީ އަންގާފައެވެ.
އެ މައްސަލައިގައި ފަޒްލޫންގެ އިތުރުން ޝެއިހް އާދަމް ނިޝާން ވެސް ހައްޔަރު ކުރިއެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހު އެކަމަކު ކޯޓުން ވަނީ ނިޝާންގެ ބަންދަށް 16 ދުވަސް އިތުރުކޮށްފަ އެވެ.
މި މައްސަލާގައި ޖޫން 23 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީންވަނީ ޝައިހު ފަޟްލޫން މުހައްމަދާއި، ޝައިހު އާދަމް ނިޝާން އަށް ދޫކޮށްފައިވާ ދީނީ ތަގުރީރު ކުރުމާއި ވައުޛު ދިނުމުގެ ހުއްދަ ބާތިލްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!