މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މުވައްޒަފުންނަށް ފަޔަ ފައިޓިން ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މި ތަމްރީން ޕްރޮގްރާމުގައި އެމްޓީސީސީގެ 21 މުވައްޒަފަކު ބައިވެރިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 17 އިން އަންނަ މަހުގެ 4 އަށެވެ.

Ad
rt

“ފަޔަ ބްރިގޭޑް ޓްރެއިނިން” ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިން ތަމްރީން ކުރަނީ އެމްޓީސީސީގެ ސީނިއާ މެނޭޖަރު ހުސައިން އިރުޝާމް އެވެ.

މި ޕްރޮގްރާމް ކުރިއަށް ތިލަފުށީގައި ހުންނަ ފަޔަ ސްޓޭޝަނުގައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެމްޓީސީސީން އަންނަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ތަފާތު އެކި ދާއިރާތަކުން ތަމްރީންތައް ދެމުންނެވެ. އެގޮތުން، ބަސް ޑްރައިވަރުންނާއި އިންޖިނިއަރުންނާއި އެ ނޫންވެސް ޓެކްނިކަލް ގިނަ ޓްރެއިނިންތަކެއް އެ ކުންފުނިން ފޯރުކޮށްދެއެވެ.