ދަރިފުޅު ހޭލިއިރު އޭނާއަށް މަރުހަބާކީ އުފާވެރި ހިނިތުންވުމަކާ އެކު ގަޔާއިކައިރިކޮށް ބައްދާލުމަކުން ހެއްޔެވެ؟
ދުވަސް ފެށުމަށް ދަރިފުޅަށް ދެވޭނެ އެންމެބޮޑު ހަދިޔާއަކީ އުފާވެރި ހިނިތުންވުމަކާއި ހިތުގެ ގާތްކަމެވެ. އެއީ ފައިސާ ދީފައި ގަންނަންޖެހޭ އެއްޗެއް ނޫނެވެ. ބޭނުންވަނީ ހަމައެކަނި ލޯބިން ފުރިފައިވާ ހިތެކެވެ.
ހިތްހެޔޮކަމާއި ލޯބީގެ ސާލެއްގެ ތެރެއަށް ހޭލެވުމަކީ ދުވަހުގެ ގޮންޖެހުންތަކާއި ކުރިމަތިލާ ހުރަސްތައް ގިރާކޮށް ކާމިޔާބު ހޯދުމަށް ކުއްޖަކަށް ދެވޭނެ އެންމެ ވަރުގަދަ ހަތިޔާރެވެ.
ކިތަންމެ ކުޑަ ވަގުތުކޮޅެއް ނަމަވެސް، ލޯތްބާއިއެކު ހަތަރުކަޅި ހަމަކޮށްލާ، އަނގައިން ބުނެލާނެ މީހަކު ހުރުމަކީ، އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރު އުފެދި، ކަންކަމުގައި މުރާލިކަމާއިއެކު އުޅުމުގެ ހިތްވަރު ކުއްޖާއަށް ލިބޭ ސަބަބެކެވެ.
ސްކޫލަށް ދާއިރު އެކުގައިދާ މީހާ - މަންމަ ބައްޕަ، ބެލެނިވެރިޔާ، އާއިލާގެ މީހަކު - ހިތްހެޔޮކަމާ ހިތުގެ ގާތްކަމާއިއެކު އަނގައިން ބުނެލާ ވާހަކަ ދައްކާލުމަކީ ކުއްޖާއަށް ކާމިޔާބު އުފާވެރި ދުވަހަކަށް މަގުފަހިކޮށްދޭނެ ތަޖުރިބާއެކެވެ.
ކޮންމެ ކުއްޖަކީ ވެސް ހިތްހެޔޮކަމާ އުފާވެރިކަން އިހްސާސްކުރުމުގެ ހައްގު ލިބިގެންވާ ކުއްޖެކެވެ. މައިންބަފައިންނާ މުދައްރިސުންނަށް ރީތިނަން ހޯދައިދޭކުއްޖަކަށް ވީތީ އެއްނޫނެވެ. ކުއްޖަކަށް ވީތީއެވެ.
ލޯތްބާއި އަޅާލުމަކީ ކޮންމެ ކުއްޖެއްގެވެސް ހައްގެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!