ޔޫރޯގެ އަގު ޑޮލަރަށްވުރެ ދަށަށް ވެއްޓިއްޖެއެވެ.

މިއީ 2002 ވަނަ އަހަރުގެ ފަހުން މިހާ ބޮޑަށް ޔޫރޯގެ އަގު ވެއްޓުނު ފުރަތަމަ ފަހަރެވެ.

Ad
rt

ދުނިޔޭގެ ބާޒާރުގައި މިއަދު ޔޫރޯއެއްގެ އަގު ހުރީ 0.9998 ޑޮލަރުގައެވެ. މިދިޔަ އަންގާރަ ދުވަހާ ހަމައަށް ޔޫރޯގެ އަގު ހުރީ ޑޮލަރާ އެއް ހަމައެއްގައެވެ.

ދުނިޔޭގެ ބާޒާރުގައި މިހާތަނަށް އެންމެ ވަރުގަދަ އެއް ފައިސާ އަކީ ޔޫރޯއެވެ. ނަމަވެސް ޔޫރަޕަށް އެންމެ ފުޅާ ދާއިރާއެއްގައި ހަކަތަ ފޯރުކޮށްދެމުން އަންނަ ރަޝިޔާއިން ހަކަތަ ފޯރުކޮށްދިނުން ހުއްޓާލަން ނިންމުމާ ގުޅިގެން ޔޫރޯގެ އަގު ވްނީ ދަށްވާން ފަށައިފައެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ޔޫރޯގެ އަގު އަންނަނީ ވެއްޓެމުންނެވެ. 2008 ވަނަ އަހަރުން ފެށިގެން ޔޫރޯގެ އަގު އެވްރެޖްކޮށް ހުރީ ޑޮލަރަކަށް 1.60 ޔޫރޯގައެވެ.

މިއާއެކު ޔޫރަޕްގެ ކުންފުނިތަކުން އިމްްޕޯޓުކުރާ މުދަލަށް މިހާރަށް ވުރެ ބޮޑު އަދަދެއް ދަށްކަން ޖެހޭނެއެވެ. އަދި އެކްސްޕޯޓުކުރާ ފަރާތްތަކުން ދައްކަން ޖެހޭނީ ކުރިއަށް ވުރެ މަދު ފައިސާއެވެ.