ކ. ކުޑަގިރީގައި ތަރައްގީ ކުރާ ޕިކްނިކް އައިލެންޑުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސަޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އެމްޓީސީސީގެ ޓީމުން ޕިކްނިކް އައިލެންޑުގެ މަސައްކަތް ނިންމުމަށް ރެއާއި ދުވާލު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Ad
rt

އެގޮތުން، މިހާރު ޖެޓީގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޖެޓީގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ޖެޓީ ހިޔާ ކޮށްފައި ހުންނައިރު ރެސްޓްކުރެވޭ ގޮތަށްވެސް އެތަނުގައި ހުންނާނެއެވެ.

މާލެ ކައިރިން ޕިކްނިކްދާނެ ރަށެއް ނެތުމާއެކު، އެފަދަ ރަށެއް ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާއި އެއްގޮތަށް ކުޑަގިރި ފަޅުން އަށް ހެކްޓަރުގެ ބިން ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.