މާލެ އާއި ހުޅުމާލޭގެ އުރީދޫ ފައިބާ ބްރޯޑްބޭންޑް ސުޕަނެޓް ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް މީޑިއާނެޓް އެމްއެސް ލައިޓް އެޕް ހިލޭ ބޭނުން ކުރެވޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެމްއެސް ލައިޓަކީ މީޑިއާ ނެޓްގެ އެމްއެސްޓީވީގެ ލައިޓް ވާޝަނެވެ. މިއީ އެންޑްރޮއިޑް އެޗްޑީ، އެލްޖީ، ސެމްސަންގް ސްމާޓް ޓީވީ އަދި ގޫގުލް ކްރޯމް ކާސްޓަށް އޮޕްޓިމައިޒް ކޮށްފައިވާ ޓީވީ އެކެވެ. އެއީ އެ ފަރާތެއްގެ އެޕްލިކޭޝަން ސްޓޯރުން ޑައުންލޯޑް ކުރުމަށް ފަހު ކިއުއާރް ކޯޑް ސްކޭންކޮށްލުމާ އެކު ބޭނުން ކުރެވޭނެ އެޕްލިކޭޝަނެކެވެ.
އެމްއެސް ލައިޓްގައި 80 ލައިވް ޗެނަލް އާއި ވީއޯޑީ ލައިބްރަރީއެއްގެ އިތުރުން އަނދިރިކަން، ގާލްފްރެންޑްސް އަދި ގިރިދާ ފަދަ އެކްސްކްލޫސިވް މީޑިއާނެޓްގެ އޮރިޖިނަލް ސީރީސް އަދި ފިލްމްތައް ބަލާލެވޭނެއެވެ.
އުރީދޫން ބުނީ މި އެޕްލިކޭޝަން 30 ދުވަހުގެ މުއްދަތަކަށް މުޅިން ހިލޭ ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މިހާރު ތިބި ކަސްޓަމަރުންގެ އިތުރުން މާލެ އާއި ހުޅުމާލެއިން އުރީދޫ ބްރޯޑްބޭންޑް ހިދުމަތް އަލަށް ހޯދާ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
✨All new & existing Fibre SuperNet customers in Male' & Hulhumale can now enjoy 30 days free trial on MS Lite by @Medianetmv!
✨Download MS Lite App on your Smart Android TV and Scan the QR Code
Get Fibre SuperNet connection via https://t.co/ZMKAXOB5xO pic.twitter.com/HgP03qHY1H
— Ooredoo Maldives (@OoredooMaldives) July 5, 2022
މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެމްއެސް ލައިޓް އެޕްލިކޭޝަން ޓީވީން ޑައުންލޯޑް ކުރުމަށްފަހު ކިއުއާރް ކޯޑް ސްކޭން ކޮށްލުމުން ހިދުމަތް ލިބޭނެއެވެ. އެއާއެކު މި ހިދުމަތް 30 ދުވަހު ހިލޭ ބޭނުން ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!