މާލެއަށް ބޭނުންވަނީ ބޮޑެތި ބަސްތަކެއް، ކުދި ބަސްތައް ގެންނަންޏާ ގިނަ އަދަދެއްގެ ބަސްތަކެއް ބޭނުންވާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް މާލެ ސަރަހައްދަށް އެހާބޮޑެތި ބަސްތައް ބޭނުންވޭތޯ ސުވާލުކޮށް ފޭސްބުކްގައި ކުރެއްވޮ ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ނައީމް ވިދާޅުވީ ދެ ބުރި ބަސްތަކެއް ގެންނަނީ ކޮން ކަމެއް ހާސިލް ކުރަންތޯއެވެ.

Ad
rt

އެ ސުވާލަށް ޖަވާބުދެއްވައި އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒިންމާދާރު މަގާމެއްގައި ހުންނަވައިގެން ކަމުގެ ދެކޮޅު ނުބަލައި ކަންކަން ކުރުން އެހާ ރަނގަޅު ނޫން ކަމަށެވެ.

އާޒިމް ވިދާޅުވީ 50 ބަހުގައި ދުވާލަކު 19000 ރައްޔިތުން ދަތުރު ކުރާ ކަމަށެވެ. އެހެންވެ މީހުން ގަޑިއަށް ތަންތަނަށް ގެންދާނަމަ ކުދި ބަހުގެ 200 އެއްހާ ބަސް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލޭގެ މަގުތަކަށް ބޭނުންވަނީ 50 ބަސްތޯ ނުވަތަ 200 ބަސްތޯ ވެސް ސުވާލު ކުރައްވައިފައެވެ.