ރައްޔިތުންގެ ބައިވެރިވުމާއިއެކު ހަރަކާތްތައް ރާވާ ހިންގުގުމުގެ ޤާބިލްކަންކުޑަވުން
ރަށާއި ބެހޭގޮތުން ނިންމަންޖެހޭ ތަފާތު ނިންމުންތައް ނިންމުމުގަޔާއި އަދި ހަރަކާތްތައް ރާވާ ހިންގުމުގައި ރައްޔިތުން ބައިވެރިކުރުމުގެ ޤާބިލްކަން ކުޑަވުން މިއީވެސް ކަންކަމުގައި ރައްޔިތުންގެ އެންމެ އެކަށީގެންވާ ބައިވެރިވުން ލިބުމަށް ދިމާވާ މައްސަލައެކެވެ.
ރަށުގެ އިދާރާތަކާއި މެދު އޮތް އިތުބާރު ކުޑަވުން
ރަށުގެ އިދާރާތަކާއި ރައްޔިތުންނާއި އޮންނަން ޖެހޭ ގުޅުން ކުޑަވެ ތަފާތު ސަބަބު ތަކާއިހުރެ އިދާރާތަކާއި ރައްޔިތުންނާއި ދެމެދު އޮންނަންޖެހޭ އިތުބާރު ކުޑަވުމުގެ ސަބަބު އެއީ ރައްޔިތުންގެ ބައިވެރިވުންލިބުން ހީނަރުވެގެން ދިޔަ ސަބަބެކެވެ.
ކަންކަން ރޭވުމުގައި ރައްޔިތުންގެ ބައިވެރިވުން ނެތުމާއި ޑިޕެންޑެންސީ ނުވަތަ ބަރޯސާވުން ބޮޑުވުން
ރައްޔިތުންގެ ބައިވެރިވުމެއްނެތި ކަންކަން ވަމުން ދިޔުމާއި ކަންކަން ރޭވުމުގައި ރައްޔިތުންގެ ބައިވެރިވުން ނެތުން ވެގެން ދިޔައީ ރައްޔިތުންގެ ކިބާގައި ކަންކަން ކޮށްދޭތޯ ނުވަތަ ކޮށްދެންދެން ތިބުމުގެ ރޫޚު ނުވަތަ ބަރޯސާވުން ބޮޑުވެެގެން ދިޔުން.
ރައްޔިތުންގެ ޤާބިލްކަން އިތުރުކޮށްދޭނެ ހަރަކާތްތަކަށް ފުރުޞަތު ކުޑަވުން
ކަންކަން ރާވާ ހިންގުމުގައި ރައްޔިތުން ފުރިހަމަ އެއްބާރުލުން އެންމެ ފައިދާހުރި ގޮތުގައި ލިބިގަތުމަށްޓަކާ ރައްޔިތުންގެ ޤާބިލްކަން އިތުރުކުރުމަށް ސަމާލުކަން ނުދެވުމާއި މިފަދަ ހަރަކާތްތައް ހިންގުމުގެ ފުރުޞަތުނެތުން
ތަރައްޤީގެ ހަރަކާތްތައް ރާވާ ހިންގޭނެ މާހައުލެއް ނެތުން
ރައްޔިތުން ބައިވެރިގެން ރަވާ ތަފާތު ހަރަކާތްތައް ހިންގޭނެ ފުރުޞަތުތަކާއި އެކަމަށް އެކަށީގެންވާ މާހައުލެއް ނެތުމާއި އަދި މިފަދަ ކަންކަމަށް އިދާރާތަކުންނާއި އަދި އެހެނިހެން ފަރާތްތަކުން ލިބެހްޖެހޭ އެއްބާރުލުން ނުލިބުން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!