އދ. ހަންޏާމީދޫ ބަނދަރުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 86 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. އެގޮތުން އެއްގަމު ތޮށިލުމާއި، ބަނދަރުގެ ޕޭވްމެންޓްގެ މަސައްކަތް ވަނީ ނިންމާލެވިފައި ކަމަށް ވެސް އެ ކުމްފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރަނީ މަގުބައްތި ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކެވެ.
މި މަޝްރޫއުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ބޭރު ތޮށި ލުމާއި، 266 މީޓަރުގެ އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި މަގު ބައްތި ހަރުކުރުމާއި، 1,330 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.
މިއީ 32.2 މިލއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!