ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ހއ. އަތޮޅުގެ ލޯންޗް ޕެރީގެ ހިދުމަތް އާދީއްތަ ދުވަހު ފަށަން ނިންމައިފިއެވެ.
މި ދަތުރުތަކުގައި ބޭނުން ކުރާ ލޯންޗުތައް މިއަދު ވަނީ މާލެއިން ހއ. ދަތުރު ފަށައިފައެވެ. މި ލޯންޗުތައް މާދަމާ ހއ. އަށް ދެވޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.
މި މަހު ހދ. އަތޮޅިގެ ފެރީގެ ހިދުމަތް ވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ފަށައިފައެވެ.
މި ހިދުމަތް ހއ. އަތޮޅުގައި ފެށުމުން ހުރިހާ ރަށެއް ފެރީގެ ނިޒާމުން ގުޅާލެވޭނެއެވެ. އަދި ހެޔޮ އަގުގައި ދަތުރު ކުރެވޭނެއެވެ.
ހއ. އަތޮޅުގައި ދަތުރުތައް ފަށަން 5 ފެރީ އެ އަތޮޅަށް ގެންދާނެއެވެ. މި ފެރީތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ދަތުރު ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ލޯންޗުތަކެކެވެ.
އާރުޓީއެލް ފެރީތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަ ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެއެވެ.
ހއ. އަތޮޅުގެ ބައެއް ކައުންސިލްތަކުން ކުރިން ބުނިގޮތުގައި އެ ދަތުރުތައް ހޮނިހިރު ދުވަހު ފަށާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!