އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ މެމްބަރުންނަށް ގޭމް ރޫމުގައި ހިލޭ 1 ގަޑިއިރު ހޭދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިއީ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަ އޮފާއެއް ކަމަށެވެ.

Ad
rt

ގޭމް ރޫމަކީ ގޭމް ކުޅޭ ފަރާތަތްކަށް ހާއްސަކޮށްގެން ހުޅުވާފައިވާ އީ- ގޭމް ސެންޓަރެކެވެ. މި ސެންޓަރުގައި އާ އަދި އީޖާދީ ގޭމްތައް ކުޅުމުގެ ފުރުސަތު ލިބޭނެއެވެ.

ގޭމް ރޫމުގައި ލިބެން ހުންނަ ގޭމްތަކުގެ ތެރޭގައި ޕީސީ މަލްޓި ޕްލޭޔާ ގޭމްސް ވެލޮރެންޓް، އާއި ލީގް އޮފް ލެޖެންޑްސް އާއި ޑީއޯޓީއޭ އާއި އެޕެކްސް ލެޖެންޑްސް ފަދަ ގޭމުތައް ހިމެނެއެވެ.

މީގެ އިތުރުން ގޭމް ރޫމަކީ އުރީދޫގެ ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް، އުރީދޫ ނޭޝަން - ގޭމާސް ލޭންޑްގެ ޕާޓްނަރެކެެވެ.