ކޮވިޑް-19 އިން ދިފާއު ވުމަށް އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިނުގެ ހަތަރު ވަނަ ޑޯޒެއް ދިނުމަށް ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިގޮތަށް ނިންމާފައި މިވަނީ މިއަހަރު ކުރީކޮޅުން ފެށީގެން ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް ދަށް ވުމަށް ފަހު އަނެއްކާވެސް އިތުރުވާން ފަށާފައި ވަނިކޮށެވެ.

Ad
rt

އެޗްޕީއޭން މިރޭ ކުރި އިއުލާނެއްގައި ބުނީ ކޮވިޑް ވެކްސިން ތިންވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި 18 އަހަރުން މަތީގެ ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަދަ ދިފާއީ ނިޒާމު ބަލިކަށި ފަރާތްތަކަށް ހަތަރުވަނަ ވަނަ ޑޯޒް ޖަހަން ނިންމާފައިވާ ކަމަށެވެ. މި ޑޯޒު ޖެހޭނީ ކޮވިޑްގެ ދެ ޑޯޒުގެ އިތުރުން ތިން ވަނަ ޑޯޒު ނުވަތަ ފުރަތަމަ ބޫސްޓަރ ޑޯޒު ޖެހިތާ ހަތަރު މަސް ފުރިހަމަވެފައިވާ މީހުންނަށެވެ.

ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ގޮތުގައި އެޗްޕީއޭއިން ބަލަނީ:

• ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން

• އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން ހިމެނެ

• މުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން

• ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް ބޭނުންކުރުން

• ގަވައިދުން ޑަޔަލިސިސް ހަދަމުންދާ މީހުން

• ކެންސަރު ބަލީގެ ފަރުވާލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށްނިމި އަހަރެއް ނުވާ މީހުން

ބަލި ޖެހުމުން ނުރައްކާ ބޮޑުވެދާނެ ކަމަށް ބަލަނީ:

• އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން

• ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުން ދާމީހުން ނުވަތަ ގޭގައި އޮކްސިޖަން ތެރަޕީ ދޭން ޖެހޭކަމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ މީހުން

• ފުއްޕާމޭގެ ބައްޔަށް ފަރުވާކުރާ މީހުން

• ލިވާ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން

• ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ ފަރާތްތައް

• އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ ފަރާތްތައް

މީގެ އިތުރުން 12 އަހަރާއި 17އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒް ދޭން ފެށުމަށް ވެސް ނިންމާފައިވެއެވެ. މި ޑޯޒު ޖެހޭނީ ދެވަނަ ޑޯޒު ފުރިހަމަކޮށް ހަ މަސް ވެފައިވާ ނަމައެވެ. .