ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.
މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ އެންވަޔަރަމަންޓް އިމްޕެކްޓް އެސަސްމެންޓް (އީއައިއޭ) މިހާރު ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 25،636 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 180 މީޓަރުގެ ބޭރުތޮށިލުމާއި 628 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 346 މީޓަރުގެ އެއްގަމުތޮށި ލުމާއި ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
We have mobilized B. Kamadhoo Harbor Development Project site on 13th June 2022.#MTCCProjects #RayyithungeKunfuni pic.twitter.com/HsBH4PhpBz
— MTCC Plc (@MTCCPlc) June 15, 2022
މިއީ 47 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!