400 ކުދިންނާއިއެކު ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް މާދަމާ ފެށުމަށް ތައްޔާރު ވެއްޖެއެވެ.
ދިރާގުގެ ސީއެސްއާރު މެނޭޖަރު އައިޝަތު ބިޝާރާ ވިދާޅުވީ މި ހަރަކާތަށް ޖަމިއްޔާތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ. އަދި މި ފެސްޓިވަލްގައި ބައިވެރިވާ ކުދިންގެ އަދަދު ވެސް އިތުރުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މިހާތަނަށް 400 ކުދިން މިއަހަރުގެ ފެސްޓިވަލްގައި ބައިވެރި ވެފައިވެއެވެ.
ބިޝާރާ އިތުރަށް ވިދާޅުވީ މި ފެސްޓިވަލް އިތުރަށް ފުޅާކުރުމުގެ ގޮތުން މިހާރު އެންމެ އިސްކަމެއް ދެނީ ސްޕެޝަލް އޮލިމްޕިކްގައި ވާދަކުރާ ކުޅިވަރުތައް ތައާރަފްކޮށް ސްޕެޝަލް އޮލިމްޕިކްސްގައި މިކުދިން ބައިވެރި ކުރަން ކަމަށެވެ.
މިއަހަރުގެ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހެންވޭރު ދަނޑުގައެވެ. މިއަހަރުގެ ޕްރީ އިވެންޓު އިއްޔެ ބާއްވާފައިވީއިރު ޕްރީ އިވެންޓުގައި ހަ ކެޓަގަރީ އަކުން ދަރިވަރުން ވާދަ ކުރި އެވެ. އެއީ:
- 5 އަހަރާއި 6 އަހަރުގެ 50 މީޓަރު ގެ ކެޓަގަރީ
- 7 އަހަރާއި 9 އަހަރުގެ 80 މީޓަރުގެ ކެޓަގަރީ
- 9 އަހަރާއި 12 އަހަރުގެ 100 މީޓަރުގެ ކެޓަގަރީ
- 12 އަހަރާއި 15 އަހަރުގެ 200 މީޓަރުގެ ކެޓަގަރީ
- 15 އަހަރުން މަތީގެ 300 މީޓަރުގެ ކެޓަގަރީ
- 200 200 މީޓަރުގެ ވީލްޗެއަރ ކެޓަގަރީ
މި ފެސްޓިވަލްއަކީ 2011 ވަނަ އަހަރު 17 ކުދިންނާއިއެކު ބާއްވަން ފެށި ފެސްޓިވަލަކަށްވީއިރު އަހަރަކަށްވުރެ އަހަރެއްގައި ބޮޑު ތަރުހީބެއް ލިބެމުން އާދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!