ދުނިޔޭގެ އެހެން ގައުމުތަކުގައި މަގުބޫލުވަމުން އަންނަ ގްރީން ކޮންކްރީޓް ނުވަތަ ލޯ ކާބަން ކޮންކްރީޓް އެސްޓީއޯއިން މިއަދު ތައާރަފުކޮށްފިއެވެ.

ރިސައިކަލް ކޮށްފައިވާ ރޯމެޓީރިއަލް ބޭނުންކޮށްގެން އުފައްދާ ގްރީން ކޮންކްރީޓަކީ އާދާއިގެ ކޮންކްރީޓް ނުވަތަ ކޮންވެންޝަނަލް ކޮންކްރީޓްއާ އަޅާބަލައި އިރު، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށްދީ އަދި ހައިޑްރޭޝަންގެ ހޫނު އާދައިގެ ކޮންކުރީޓަށްވުރެ ވަރަށް ބޮޑަށް ދަށް ކޮންކުރީޓެކެވެ.

Ad
rt

މިއީ އާދައިގެ ކޮންކްރީޓާއި ހިލާފަށް ކާބަންޑައިއޮކްސައިޑް މަދުން ބޭރުކޮށް އުފައްދާ ކޮންކްރީޓެކެވެ. މިގޮތުން އާދައިގެ ކޮންކްރީޓްގެ ބަދަލުގައި ގްރީން ކޮންކްރީޓް ބޭނުން ކުރުމުގެ ސަބަބުން10-15 އިންސައްތައާ ދެމެދުގެ އަދަދަކަށް ކާބަންޑައިއޮކްސައިޑް ބޭރުކުރާ މިންވަރު ދަށްކޮށްދެއެވެ.

ޒަމާނާއި އެއްގޮތަށް އަދި ޒަމާނީ ވަސީލަތްތައް ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ތައާރަފު ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ އެސްޓީއޯއިން ބުނީ، އެ ކުންފުނިން ބާޒާރަށް ނެރެފައިވާ ގްރީން ކޮންކްރީޓްގެ ސަބަބުން ތިމާވެއްޓާއި އެންމެ ރަހުމަތްތެރި ވަސީލަތްތައް އިމާރާތް ކުރުމުގައި ބޭނުންކުރާ ފަރާތްތަކަށް އެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
އަދި މިއީ ކާބަން ނިއުރަލް ގައުމަކަށް ވުމަށް ރާއްޖެ މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި އެކުންފުނިން ކުރިއަށް އެޅި މުހިންމު ފިޅަވަޅެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިކޮންކްރީޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ގްރީން ކޮންކްރީޓްގެ މުހިއްމު މައުލޫމާތު

* ދުނިޔޭގެ އެންމެ ފުރަތަމަ ގްރީން ކޮންކްރީޓް ތައާރަފު ކުރެވުނީ 1998 ވަނަ އަހަރު ޑެންމާކުގައި

* މި ކޮންކްރީޓް އުފެއްދުމަށް ބޭނުންވާ ހަކަތަ ނިސްބަތުން ދަށް

* ރީސައިކަލް ކުރެވިފައިވާ ރޯމެޓީރިއަލް ބޭނުން ކުރި ކަމުގައިވިޔަސް ކޮންކްރީޓްގެ ވަރުގަދަކަމަށް އަސަރެެއް ނުކުރޭ

* ގްރީން ކޮންކްރީޓްގައި ސިމެންތީގެ ބަދަލުގައި ބޭނުންކުރާ އެއް ބާވަތަކީ ގްރައުންޑް ގްރެނުލޭޓެޑް ބްލާސްޓްފަނޭސް ސްލެގް (ޖީޖީބީއެސް)