ރިބާ އަކީ ޙަރާމް އެއްޗެއްކަން، ޤުރުއާނާއި ސުންނަތުން އަދި އިޖްމާޢުން ސާބިތުވެއެވެ. އަލްއިމާމްނަވަވީ ވިދާޅުވެފައިވަނީ މުސްލިމުންވަނީ ރިބާއަކީ ޙަރާމްއެއްޗެއްކަމަށް އިޖުމާޢުވެފައެވެ. އަދި ރިބާ ކެއުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ.
އެހެންކަމުން އިސްވެބަޔާންކުރެވުނު ދެވައްތަރުގެ ރިބާއަކީވެސް ކަނޑައެޅިގެން ހަރާމް އެއްޗެކެވެ. އިސްމާލްދީނުގައި އިޤުތިޞާދު ބިނާކުރުމުގައި ހަރުދަނާ ސިޔާސަތުތަކެއް ބިނާކުރުމަށްޓަކައި ދީނުގައި ރިބާވަނީ ކަނޑައެޅިގެން ހަރާމްކުރައްވާފައެވެ. މީއީ އިންސާނީދަރިފަސްކޮޅު އިޤުތިޞާދީ ފުން އަދަވަޅަކަށް ވެއްޓުނަނުދިނުމަށްޓަކައި ދީނުގައި ކަނޑައަޅުއްވާފައިވާ މުހިންމު ޙުކުމެކެވެ.
ރިބާގެ ލުޣަވީމާނަ:
މީގެމާނައަކީ ގިނަވުން ނުވަތަ އިތުރުވުންމިއެވެ. މިތަނުގައި މިލަފުޒުގެ މަޤުޞަދަކީ ރައުސުލްމާލަށް އިތުރުވާ އިތުރުވުމެވެ. މިލަފުޒު ކީރިތި ޤުރުއާނުގައި ހަމަމިމާނާގައި ބޭނުންކުރެވިފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. أَن تَكُونَ أُمَّةٌ هِيَ أَرْبَىٰ مِنْ أُمَّةٍ މާނައީ : " އެއްބަޔަކު އަނެއްބަޔަކަށްވުރެ ގިނަކަމުގައި ވުމަށެވެ."
ރިބާގެ މާނަ ކަނޑައެޅުމުގައި ފިޤުހުވެރިން އިޢްތިމާދުވާ އަސްލަކީ ޤުރުއާނެވެ. މާތް ﷲ ވަޙީ ކުރައްވަނީ يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ މާނައަކީ: އޭ އީމާންވެއްޖެ މީސްތަކުންނެވެ. ކަލޭމެންނަކީ އީމާން ވާ ބަޔަކު ކަމުގައި ވަނީ ނަމަ ﷲ އަށް ބިރުވެތިވެ ތިބޭ ހުށިކަމެވެ. އަދި ސޫދުގެ ތެރެއިން ބާކީ ލިބެން އޮތް އެއްޗެއް، ހަމަ މުޅިން ދޫކޮށްލާ ހުށިކަމެވެ.
ރިބާގެ އިސްތިލާޙީމާނަ:
ފިޤުހު ޢިލްމުވިލެރިންގެ އިސްތިލާޙުގައި ރިބާއަކީ އެއްވަރުކަން ނޭނގޭ ދޭތި އެކަތި އަނެކައްޗާ ބަދަލްކުރުމަށް ދެމީހެއްގެ ދެމެދުގައި ނުވަތަ ދެބައެއްގެ ދެމެދުގައި އެއްބަސްވެ ޢަޤުދުކުރުމެވެ. ނުވަތަ ބަދަލްކުރެވޭ ދޭތި ނުވަތަ އެދޭތިންކުރެ އެކަތި ފަހުން ދިނުމަށް އެއްބަސްވެ ޢަޤުދުކުރުމެވެ.
އެހެންކަމުން އިސްލާމީ ޝަރީޢަތުގައި ރިބާއަކީ އަބުރާދައްކާގޮތަށް ނެގޭފައިސާ ދެއްކުމުގައި އަނިޔާވެރިކަމާއެކު އަނެކުންގެ އަތުން އިތުރަށް އަތުލެވޭ ފައިސާއެވެ. ނުވަތަ ދަރަންޏެއް ދިނުމަށްފަހު، އަނބުރާ ދެއްކުމުގައި އިތުރުކުރެވޭ އިތުރުކުރުމެވެ. ނުވަތަ މީހެއްގެ ބޮލުގައި އެއްވެސް ގޮތަކުން އެޅިފައިވާ ދަރަންޏެއް ފަސްކުރުމުގެ ބަދަލެއްގެ ގޮތުން، އިތުރު ކުރެވޭ ކޮންމެ އިތުރު ކުރުމެކެވެ. ރިބައްނަސިއާއަކީ މިއީއެވެ. ޤުރުއާންގައި ބަޔާންވެގެން އައިސްފަވާ ރިބާއަކީވެސް މިއީއެވެ. މިބާވަތުގެ ރިބާއަކީ ޖާހިލިއްޔަ ޒަމާނުގައި ފެތުރިފައިވާ ރިބާއެވެ. މިއީ ރިބާގެ އަޞްލު ކަމަށް ބެލެވެއެވެ. އަދި ދަރަނީގެ ރިބާ އޭ ވެސް މިބާވަތުގެ ރިބާއަށް ކިޔެއެވެ.
މީގެ އިތުރުން ރިބާގެ އަނެއްވައްތަރަކީ، އެއްބާވަތެއްގެ ދެއެއްޗެއް، އެކަތި އަނެކައްޗާ ބަދަލު ކުރާއިރު، މިންވަރު ތަފާތުކޮށް ބަދަލު ކުރުމެވެ. މިއީ ރިބަލްފަޟްލެވެ.
عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالتَّمْرُ بِالتَّمْرِ وَالْمِلْحُ بِالْمِلْحِ مِثْلًا بِمِثْلٍ يَدًا بِيَدٍ ، فَمَنْ زَادَ أَوْ اسْتَزَادَ فَقَدْ أَرْبَى ، الْآخِذُ وَالْمُعْطِي فِيهِ سَوَاءٌ . މާނައީ: އަބޫ ސަޢީދުލް ޚުދުރީ ވިދާޅުވިއެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަ ޙަދީޘްކުރެއްވިއެވެ. ރަނަށް ރަން ވިއްކާ އިރު، އަދި ރިއްސަށް ރިހި ވިއްކާ އިރު، އަދި ގޮދަނަށް ގޮދަން ވިއްކާ އިރު، އަދި ހިމަގޮދަނަށް ހިމަގޮދަން ވިއްކާ އިރު، އަދި ކަދުރަށް ކަދުރު ވިއްކާ އިރު، އަދި ލޮނަށް ލޮނު ވިއްކާ އިރު، ވިއްކަންވާނީ އެއްމިންވަރެއްގެ ދޭތި ނަމައެވެ. އަދި އަތުން އަތަށް ނަމައެވެ. ފަހެ މިއިން އެއްޗަކަށް މިންވަރެއް އިތުރުކޮށް ނުވަތަ އިތުރު ކުރަން އެދެފިނަމަ އެއީ ރިބާއެކެވެ. ދޭ މީހާއާއި އަތުލާ މީހާ ފާފައިގައި އެއްވަރެވެ. (ޞަޙީޙް މުސްލިމް: ބާބުލް މުސާޤާ)
މާތްﷲ ވަޙީކުރައްވާފައިވެއެވެ." الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗوَأَحَلَّ اللَّـهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّـهِ ۖ وَمَنْ عَادَ فَأُولَـٰئِكَ أَصْحَابُ النَّارِ ۖهُمْ فِيهَا خَالِدُونَ" ﴿سورة البقرة-275﴾
މާނައަކީ: "ސޫދު (ރިބާ) ކާ މީހަކަށް، ޝައިތާނުން ބީހުމުން މޮޔަކޮށްފައިވާ މީހަކު ކޮޅަށް ތެދުވާފަދައަކުން މެނުވީ، ޤިޔާމަތް ދުވަހު ކޮޅަށް ތެދުވެ ނުހުރެވޭނެއެވެ. އެ ގޮތީ އެ މީހުން ބުނެ އުޅޭ ކަމަށްޓަކައެވެ. ވިޔަފާރިއަކީ ހަމަގައިމުވެސް ސޫދު ކަހަލަ އެއްޗެކެވެ. ނަމަވެސް ﷲ ވިޔަފާރިކުރުން ޙަލާލްކުރައްވާ، ސޫދު ކެއުން ޙަރާމް ކުރައްވައިފިއެވެ. މާތްﷲ މިކަމުގެމައްޗަށް ގަދަ ނަސޭހަތް ވަޙީ ކުރެއްވުމުން، ސޫދު ކެއުން ހުއްޓާލައިފި މީހަކު، ފަހެ އެ މީހަކުގެ ކިބައިން، ވޭތުވެ ދިޔަ ތަނުގެ ފާފަތައް ޢަފޫ ވީއެވެ. އަދި އެ މީހާގެ މައްޗަށް އާޚިރަތުގެ ނިޔާ ކަނޑައަޅުއްވައި ނިންމެވުން ވަނީ ﷲ އަށެވެ. ނަމަވެސް ސޫދު ކެއުމަށް އަލުން އެނބުރި އަރައިގެންފި މީހަކު، ދަނެއުއެވެ. ފަހެ އެކަހަލަ މީހުންނަކީ ނަރަކައިގެ އަހުލުވެރިންނެވެ. އެތަނުގައި އެމީހުން ދެމި ތިބާނެތެވެ."
ޖެހިގެން އޮތް އާޔަތުގައި ވަޙީކުރައްވަނީ، ރިބާ ކެއުމަކީ މުދަލުގެ ބަރަކާތް، ﷲ ކަނޑުއްވާނެ ކަމެއް ކަމަށެވެ. އަދި ޞަދަޤާތް ދިނުމުގެ މޮޅު އިތުރު ކަމެވެ. ރިބާ ކާ މީހުންގެ ދިރިއުޅުން ނުތަނަވަސްވެ، ފައިސާއާ ހެދި މޮޔަވެ، ލިބޭ އެއްޗަކުން ދުވަހަކު ނުފެދި، އޭނާގެ ދަހިވެތިކަން ވެސް ދާނީ ހައްތާ އިތުރުވަމުންނެވެ.
މާތްﷲ ވަޙީކުރެއްވިއެވެ. " يَمْحَقُ اللَّـهُ الرِّبَا وَيُرْبِي الصَّدَقَاتِ ۗوَاللَّـهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ ﴿ سورة البقرة-276﴾" މާނައަކީ: "ސޫދު (ރިބާ) ކެއުން، ހުރިހާ ބަރަކާތަކުން ﷲ މަހްރޫމް ކުރެއްވިއެވެ. އަދި ޞަދަޤާތުގައި އެ ކަލާނގެ ބަރަކާތް ލެއްވިއެވެ. އަދި ﷲ، އެއްވެސް ކާފިރަކު އަދި ފާފަވެރިއަކު ދެކެ ލޯބިވެވޮޑިނުގަންނަވަތެވެ"
ދެން ބަޤަރާ ސޫރަތުގެ 278 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ، ﷲ އަށް ބިރުވެތިވުމަށެވެ. އަދި އީމާން ވާ ބަޔަކު، ރިބާ ކައިގެން ނުވާނެ ކަމަށެވެ. އަދި ރިބާ ކެއުން ހުއްޓާލުމަށެވެ. މާތްﷲ ވަޙީކުރެއްވިއެވެ. " يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ" ﴿ سورة البقرة- 278﴾ މާނައަކީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެންނަކީ އީމާން ވާ ބަޔަކު ކަމުގައި ވަނީ ނަމަ ﷲ އަށް ބިރުވެތިވެ ތިބޭ ހުށިކަމެވެ. އަދި ސޫދުގެ ތެރެއިން ބާކީ ލިބެން އޮތް އެއްޗެއް، ހަމަ މުޅިން ދޫކޮށްލާހުށިކަމެވެ."
މާތްﷲ ވަޙީކުރެއްވިއެވެ. " فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّـهِ وَرَسُولِهِ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ "﴿سورة البقرة- 279﴾ މާނައަކީ: "މިކަން މިހެން ނުކޮށްފިނަމަ ދެން ކަލޭމެންގެ މައްޗަށް ﷲ އާއި ރަސޫލާގެ ފަރާތުން، ހަނގުރާމަ އިޢުލާންވެގެން ހުރި ކަމުގެ އިންޒާރު ލިބިގަންނަހުށިކަމެވެ. ނަމަވެސް ކަލޭމެން ތައުބާ ވެއްޖެނަމަ، ކަލޭމެންނަށް ކަލޭމެން ދަރަންޏަށް ދިން ޢަދަދުގެ ފައިސާ (ސޫދާ ނުލައި) ލިބޭ ހުއްޓެވެ. އަދި ކަލޭމެން އަނެކުންނަށް އަނިޔާވެރި ނުވާހުށިކަމެވެ. އަދި ކަލޭމެންނަށްވެސް އަނެކުންގެ ކިބައިން އަނިޔާވެރި ކަމުގެ ކަމެއް ކުރެވިގެން ނުމެވާހުށިކަމެވެ."
އައްސަރްޚަސީ ވިދާޅުވެފައިވެފައިވަނީ މި އާޔަތްތަކުގައި، ރިބާ ކާ މީހާއަށް ލިބެންއޮތް ފަސް ވައްތަރެއްގެ ޢުޤޫބާތެއް މާތްﷲ ބަޔާން ކުރައްވާފައިވާ ކަމަށެވެ. ފުރަތަމަ ޢުޤޫބާތަކީ އޭނާ ޤިޔާމަތް ދުވަހު ޤަބުރުން ތެދުވާނީ، އަދި ޤިޔާމަތް ދުވަހު ކޮއްޅަށް ހުންނާނީ ޝައިތާނާގެ ބީހުމުން މޮޔަވެފައި ވާ މީހަކު ކޮޅަށް ހުންނަހެން، ވެއްޓިވެއްޓިއެވެ. ދެވަނަ ޢުޤޫބާތަކީ، ރިޒުޤުން ބަރަކާތް ކެނޑުމެވެ. ތިންވަނަ ޢުޤޫބާތަކީ، ރިބާ ކެއުން ހުއްޓާ ނުލާ މީހާއާ ދެކޮޅަށް ﷲ އާއި ރަސޫލާ ހަނގުރާމަ އިޢްލާން ކުރެއްވުމެވެ. ހަތަރުވަނަ ޢުޤޫބާތަކީ، ރިބާ ޙަރާމް ކަން އެނގި ހުރެ ކާ މީހާގެ އީމާންކަން ގެއްލި، ކާފިރަކަށް ވެދާނެ ކަމުގެ ބިރު އޮތުމެވެ. އަދި އޭނާ އަކީ ފާސިޤަކަށް ވުމެވެ. ފަސްވަނަ ޢުޤޫބާތަކީ ނަރަކައިގެ ދިގުދެމިގެންވާ ޢަޛާބު ލިބުމެވެ.
މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި ޖާބިރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ." قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: لَعَنَ اللَّهُ آكِلَ الرِّبَا، وَمُؤَكِّلَهُ، وَشَاهِدَيْهِ، وَكَاتِبَهُ " (رواه مسلم) މާނައަކީ: "ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުނަށް ވެސް ރަސޫލައްﷲ ޢަލައިހި ވަސައްލަމަ ލަޢުނަތް ލެއްވިއެވެ." އަދި ވިދާޅުވިއެވެ. "މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ."
قَالَ ابْنُ عَبَّاسٍ: إن رسول الله صلى الله عليه و سلم نهى عن ثمن الدم وعن ثمن الكلب ومهر البغي ولعن آكل الربا ومؤكله والواشمة والمستوشمة ولعن المصور މާނައަކީ: އިބްނު ޢައްބާސްގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. "ހަމަކަށަވަރުންވެސް ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ވަނީ، ލޭގެ އަގާއި ކުއްތާގެ އަގު އަދި ހަށިވިއްކައިގެން އަންހެނާ ހޯދާ އަގު، ނަހީ (ޙަރާމް) ކުރައްވާފައިވެއެވެ. އަދި ޓެޓޫ ޖަހައިދޭ އަންހެނާއާއި ޓެޓޫ ޖައްސުވާ އަންހެނާއާއި، ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއަށް ލަޢުނަތް ދެއްވިއެވެ. އަދި ތަސްވީރު ހަދާ މީހާއަށް ލަޢްނަތް ދެއްވިއެވެ." (ބުޚާރީ - މުސްލިމް)
ރިބާގެ ލުޣަވީމާނަ:
މީގެމާނައަކީ ގިނަވުން ނުވަތަ އިތުރުވުންމިއެވެ. މިތަނުގައި މިލަފުޒުގެ މަޤުޞަދަކީ ރައުސުލްމާލަށް އިތުރުވާ އިތުރުވުމެވެ. މިލަފުޒު ކީރިތި ޤުރުއާނުގައި ހަމަމިމާނާގައި ބޭނުންކުރެވިފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. أَن تَكُونَ أُمَّةٌ هِيَ أَرْبَىٰ مِنْ أُمَّةٍ މާނައީ : " އެއްބަޔަކު އަނެއްބަޔަކަށްވުރެ ގިނަކަމުގައި ވުމަށެވެ."
ރިބާގެ މާނަ ކަނޑައެޅުމުގައި ފިޤުހުވެރިން އިޢްތިމާދުވާ އަސްލަކީ ޤުރުއާނެވެ. މާތް ﷲ ވަޙީ ކުރައްވަނީ يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ މާނައަކީ: އޭ އީމާންވެއްޖެ މީސްތަކުންނެވެ. ކަލޭމެންނަކީ އީމާން ވާ ބަޔަކު ކަމުގައި ވަނީ ނަމަ ﷲ އަށް ބިރުވެތިވެ ތިބޭ ހުށިކަމެވެ. އަދި ސޫދުގެ ތެރެއިން ބާކީ ލިބެން އޮތް އެއްޗެއް، ހަމަ މުޅިން ދޫކޮށްލާ ހުށިކަމެވެ.
ރިބާގެ އިސްތިލާޙީމާނަ:
ފިޤުހު ޢިލްމުވިލެރިންގެ އިސްތިލާޙުގައި ރިބާއަކީ އެއްވަރުކަން ނޭނގޭ ދޭތި އެކަތި އަނެކައްޗާ ބަދަލްކުރުމަށް ދެމީހެއްގެ ދެމެދުގައި ނުވަތަ ދެބައެއްގެ ދެމެދުގައި އެއްބަސްވެ ޢަޤުދުކުރުމެވެ. ނުވަތަ ބަދަލްކުރެވޭ ދޭތި ނުވަތަ އެދޭތިންކުރެ އެކަތި ފަހުން ދިނުމަށް އެއްބަސްވެ ޢަޤުދުކުރުމެވެ.
އެހެންކަމުން އިސްލާމީ ޝަރީޢަތުގައި ރިބާއަކީ އަބުރާދައްކާގޮތަށް ނެގޭފައިސާ ދެއްކުމުގައި އަނިޔާވެރިކަމާއެކު އަނެކުންގެ އަތުން އިތުރަށް އަތުލެވޭ ފައިސާއެވެ. ނުވަތަ ދަރަންޏެއް ދިނުމަށްފަހު، އަނބުރާ ދެއްކުމުގައި އިތުރުކުރެވޭ އިތުރުކުރުމެވެ. ނުވަތަ މީހެއްގެ ބޮލުގައި އެއްވެސް ގޮތަކުން އެޅިފައިވާ ދަރަންޏެއް ފަސްކުރުމުގެ ބަދަލެއްގެ ގޮތުން، އިތުރު ކުރެވޭ ކޮންމެ އިތުރު ކުރުމެކެވެ. ރިބައްނަސިއާއަކީ މިއީއެވެ. ޤުރުއާންގައި ބަޔާންވެގެން އައިސްފަވާ ރިބާއަކީވެސް މިއީއެވެ. މިބާވަތުގެ ރިބާއަކީ ޖާހިލިއްޔަ ޒަމާނުގައި ފެތުރިފައިވާ ރިބާއެވެ. މިއީ ރިބާގެ އަޞްލު ކަމަށް ބެލެވެއެވެ. އަދި ދަރަނީގެ ރިބާ އޭ ވެސް މިބާވަތުގެ ރިބާއަށް ކިޔެއެވެ.
މީގެ އިތުރުން ރިބާގެ އަނެއްވައްތަރަކީ، އެއްބާވަތެއްގެ ދެއެއްޗެއް، އެކަތި އަނެކައްޗާ ބަދަލު ކުރާއިރު، މިންވަރު ތަފާތުކޮށް ބަދަލު ކުރުމެވެ. މިއީ ރިބަލްފަޟްލެވެ.
عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالتَّمْرُ بِالتَّمْرِ وَالْمِلْحُ بِالْمِلْحِ مِثْلًا بِمِثْلٍ يَدًا بِيَدٍ ، فَمَنْ زَادَ أَوْ اسْتَزَادَ فَقَدْ أَرْبَى ، الْآخِذُ وَالْمُعْطِي فِيهِ سَوَاءٌ . މާނައީ: އަބޫ ސަޢީދުލް ޚުދުރީ ވިދާޅުވިއެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަ ޙަދީޘްކުރެއްވިއެވެ. ރަނަށް ރަން ވިއްކާ އިރު، އަދި ރިއްސަށް ރިހި ވިއްކާ އިރު، އަދި ގޮދަނަށް ގޮދަން ވިއްކާ އިރު، އަދި ހިމަގޮދަނަށް ހިމަގޮދަން ވިއްކާ އިރު، އަދި ކަދުރަށް ކަދުރު ވިއްކާ އިރު، އަދި ލޮނަށް ލޮނު ވިއްކާ އިރު، ވިއްކަންވާނީ އެއްމިންވަރެއްގެ ދޭތި ނަމައެވެ. އަދި އަތުން އަތަށް ނަމައެވެ. ފަހެ މިއިން އެއްޗަކަށް މިންވަރެއް އިތުރުކޮށް ނުވަތަ އިތުރު ކުރަން އެދެފިނަމަ އެއީ ރިބާއެކެވެ. ދޭ މީހާއާއި އަތުލާ މީހާ ފާފައިގައި އެއްވަރެވެ. (ޞަޙީޙް މުސްލިމް: ބާބުލް މުސާޤާ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!