މި ނިމުނު މެއި މަހު އުފަންވި 165 ކުއްޖަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހަދިޔާ ދީފިއެވެ.

މިއީ އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ދިނުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް އެސަޓީއޯއިން ދޭން ފެށި ހަދިޔާއެވެ. އެގޮތުން އެ ކުންފުނިން އެތެރެކުރާ ކުަޑަކުދިންގެ ސާމާނު މި ހަދިޔާގެ ތެރޭގައި ހިމެނެއެވެ.

Ad
rt

މި ޕްރޮގްރާމް މިހާރު ފަށާފައިވަނީ އައިޖީއެމްއެޗް އާއި ޓްރީ ޓޮޕް އާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި މުލީ ރީޖަނަލް ހޮސްޕިޓަލާއި ގަމު ރީޖަނަލް ހޮސްޕިޓަލާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ފުވައްމުލަކު ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހިމެނެއެވެ.

އެސްޓީއޯއިން ހަދިޔާ ދިން އަދަދު

އައިޖީއެމްއެޗް - 50

ޓްރީ ޓޮޕް - 30

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް - 39

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް - 18

މުލީ ރީޖަނަލް ހޮސްޕިޓަލް - 1

ގަމު ރީޖަނަލް ހޮސްޕިޓަލް - 4

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް - 7

ފުވައްމުލަކު ހޮސްޕިޓަލް - 5

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް - 11