މިފްކޯއިން ކުރިން އަންގާފައިވާ ގޮތަށް މަސްދަޅުގެ ކޭހަކުން 150ރ. ބޮޑުކޮށްފިއެވެ.

މިފްކޯއިން މިދިޔަ މާޗް މަހު ވަނީ އަގުތަކަށް ބަދަލު ގެންނާނެކަން އިއުލާނުކޮށްފައެވެ. އެގޮތުން ރޯދައާ ދިމާކޮށް ބަދަލުތައް ނުގެނެސް މަޑުޖައްސާލީ ރޯދަ ޕްރޮމޯޝަން ނިމެންދެންނެވެ. މި ޕްރޮމޯޝަން ނިމުނީ އިއްޔެއެވެ.

Ad
rt

މިފްކޯއިން ބުނީ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިިގެން މަސްދަޅުގެ އަގަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށެވެ. މިފަހަރު މިހާ ބޮޑު ބަދަލެއް ގެންނަން ޖެހުނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލާ ހެދި ކަމަށް އޭނާ އެ ކުންފުނިން ބުންޏެވެ.

މިފްކޯއިން ބުނި ގޮތުގައި ދަޅަށް އަޅާ ތެލުގެ އަގު ދެގުނައަށްވުރެ ބޮޑުވެފައިވާއިރު ދަޅު އުފައްދަން ބޭނުންކުރާ ޓިންފްރީސްޓީލްގެ އަގުވެސް ވަނީ އުފުލިފައެވެ. އަދި ކުންފުނީގެ ޚަރަދުގެ ޮބޑު ަބއެއް ހިއްސާކުރާ ޑީސަލްގެ އަގު ވެސް މިހާރު 50 އިންސައްތައަށްވުރެ އިތުރުވެ ތަކެތީގެ އިމްޕޯޓް ފްރެއިޓު ޚަރަދުވެސް އުފުލިފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.

އަގަށް ގެނައި ބަދަލާ އެކު ތެޔޮ މަސްދަޅު ކޭހެއް ވިއްކާނީ 760ރ. އަށެވެ. އަދި ފެން މަސްދަޅު ކޭހެއް ވިއްކަނީ 715ރ. އަށެވެ. އަގަށް ބަދަލު ގެނައުމުގެ ކުރިން ފެން މަސްދަޅު ކޭހެއް ވިއްކަމުން އައީ 560ރ. އަށެވެ.

މިހާތަނަށް ވަކިން ތެޔޮ މަސްދަޅު ވިއްކަމުން އައީ 15ރ. އަށެވެ. އަދި ފެން މަސްދަޅެއް ވިއްކަމުން އައީ 12ރ. އަށެވެ. އަލަށް ގެނައި ބަދަލާ އެކު ތެޔޮ މަސްދަޅެއް ލިބޭނީ 18ރ. އަށެވެ. އަދި ފެން މަސްދަޅެއް ލިބޭނީ 17ރ. އަށެވެ.