ގއ. ދާންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫއުގެ ދަށުން، އެ ރަށުގެ 52,099 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާމެއެވެ. އަދި، 4,953 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 333 މީޓަރުގެ ބޭރުތޮށި ލުމާއި، 529 މީޓަރުގެ އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން، 30 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 1203 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.
Ga. Dhaandhoo Harbor Development Project is well underway. Dredging works are currently ongoing at the project site.#MTCCProjects #RayyithungeKunfuni pic.twitter.com/mlyHwGE6td
— MTCC Plc (@MTCCPlc) May 30, 2022
މިއީ 70.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!