ފަހަކަށް އައިސް ކުލިކް ކޮމްޕިއުޓާރސްގެ “ވަންޑޭ އޮފަރ” އަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުން ނެވެ.

އެއީ އެފިހާރައިން ވިއްކަމުން އަންނަ އެކި ޕްރޮޑަކްޓް ތަކުން ބޮޑު ޑިސްކައުންޓެއް ލިބޭ ދުވަހަކަށް ވާތީ އެވެ. ކޮންމެ މަހެއްގެވެސް 22 ވަނަ ދުވަހު ކްލިކްގެ ފިހާރަތަކުން އަޅުވަމުން އަންނަ ބޮޑު އޮފާ އަޅުވަނީ އެދުވަހަށް އެކަންޏެވެ.

Ad
rt

މިމަހުގައި އަންނަ އެންމެ ރީތި ތާރީޙްކަމުގައިވާ 22.5.22 އެފިހާރައިން މިފަހަރު ބޮޑު ތަނުން އަގު ހެޔޮކޮށްފައިވަނީ ޓީވީ، ލެޕްޓޮޕާއި މޮނީޓަރާއި ގޭމުކުރޭ ފަރާތްތަކަށް ހާއްސަ ބާވަތްތަކުގެ އިތުރުން އިލެކްޓޮރޯނިކްސް ގެ ބާވަތްތަކެވެ.

ފުޅާ ދާއިރާއެއްގައި ގިނަ ބްރޭންޑްތަކެއްގެ ކޮލިޓީ ލެޕްޓޮޕް ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ކުލިކްގެ ފިހާރަތަކުން މިފަހަރު އަގު ހެޔޮކޮށްފައިވާ ތަކެތީގެ ތެރޭގައި 3 ލެޕްޓޮޕެއް ހިމެނެ އެވެ. އެ ގޮތުން، 14500 އަށް ވިއްކާ ޑެލް ބްރޭންޑުގެ 15 އިންޗީގެ ލެޕްޓޮޕްއެއް އެދުވަހު ވިއްކާ އަގަކީ 9880 ރުފިޔާ އަށެވެ. އެހެން ދުވަސް ތަކުގައި 7900 އަށް ވިއްކާ ލެނޯވާ އައިޑިޔާ ޕެޑް3 ލިބޭނީ 6500 އަށެވެ. ލެނޯވާ ވީ15 އެއް 8999 އަށެވެ.

ކުލިކްގެ ފިހާރަތަކަކީ އެކި ބްރޭންޑްތަކުގެ އެކި ސައިޒުގެ ޓީވީވެސް ލިބެންހުރި ފިހާރަތަކެކެވެ. އެގޮތުން އަގު ހެޔޮކޮށްފައިވަނީ 50 އަދި 43 އިންޗީގެ ހައިސެން ޓީވީ އެވެ. އެހެން ދުވަސްތަކުގައި 6955 އަށް ލިބެން ހުރި 43 އިންޗީގެ ހައިސެން ޓީވީ ލިބެނީ 5940 ރުފިޔާއަށެވެ. އަދި ހައިސަން ބްރޭންޑުގެ 50 އިންޗި ޓީވީ އިންވަނީ 1,320 ކުޑަކޮށްފަ އެވެ. މިދެޓީވީ އަކީވެސް އެންޑްރޮއިޑް ސްމާޓް ޓީވީ އެވެ.

މީގެ އިތުރުން އެމްއެސްއައި ބްރޭންޑުގެ ކޮލިޓީ 3 މޮނީޓަރާއި ޑެލްބްރޭންޑުގެ 25' މޮނީތަރުގެ އަގު ވަނީ ތިރިކޮށްފަ އެވެ. އަދި ގޭމް ކުޅޭ ފަރާތްތަކަށް ހާއްސަ ގޮނޑިންވެސް ވަނީ ހެޔޮކޮށްފައެވެ.

މީގެ އިތުރުން 1 ޓީބީގެ ހާޑާއި، 2 ޓީބީ އަދި 500 ޖީބީގެ އެސްއެސްޑީ ހާޑު، ސްމާޓް ވޮޗް، ވެބްކެމް، ކޮލިޓީ ބްރޭންޑް ތަކުގެ ކީބޯޑްގެ އިތުރުން ޑީޖޭ ސްޕީކަރ ސިސްޓަމެއްގެ އަގުވެސް ވަނީ ހެޔޮކޮށްފަ އެވެ.

ޓެކްނޮލޮޖީ ދާއިރާގެ ގިނަ ބާވަތްތަކެއް އެއްފުރާޅެއްގެ ދަށުން ހެޔޮ އަގެއްގައި ހޯދަން ބޭނުންނަމަ ދާންވީ ކުލިކްގެ ފިހާރަތަކަށެވެ. މާފަންނު މަޖީދީމަގު ސަންފްރަޓް އާއި އިންވެގެން ކުލިކްގެ ފިހާރަ އެއް ހުންނަ އިރު މާފަންނު އީދު މިސްކިތް ހުންނަ މަގުގައި ހުންނަ ލެމަންގުރާސް ކުރިމަތީގައި ވެސް ކުލިކްގެ ފިހާރައެއް ހުރެއެވެ. ކުލިކްގެ ސާވިސް ސެންޓަރ މިހާރު ހުންނަނީ އެތަނުގަ އެވެ.

ކުލިކް ކޮމްޕިއުޓަރސް އަކީ މީގެ 18 އަހަރު ކުރިން ފެށިގެން ކޮންޕިއުޓަރާއި ޓެކްނޮލޮޖީގެ އާލާތްތައް ރާއްޖެ އެތެރެކޮށް އަތްފޯރާ ފަށުގައި ވިއްކަމުން އަންނަ ފިހާރަ އެކެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7992472 ނުވަތަ 7796956 އެވެ.