ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65ރ. ބަހަން ނިންމައިފި އެވެ.

އެސްޓީއޯއިން މިއަދު ބުނީ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65ރ. ބަހަން އެސްޓީއޯގެ ބޯޑުން ނިންމާފައިވާ ކަަމަށެވެ.

Ad
rt

ފައިދާގެ ގޮތުގައި ބަހާނެ މިންވަރެއް އެސްޓީއޯގެ ބޯޑުން ފާސްކުރި ނަމަވެސް އެ އަދަދު ބަހާނީ އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްގެންނެވެ. އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބާއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯގެ މިދިޔަ އަހަރުގެ ސާފު ފައިދާއަކީ 478 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަަލާއިރު 33 އިންސައްތައިގެ ކުރިއެރުމެކެވެ.

އެ ކުންފުނިން މިދިޔަ ޖެނުއަރީ މަހު އާއްމުކުރި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ސާފު ފައިދާ ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 33 ޕަސެންޓް އިތުރުވެފަ އެވެ.

ބޭހާއި ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތައް ރާއްޖެ ގެނެސް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ އެ ކުންފުނިން މިދިޔަ އަހަރު ހިއްސާއަކަށް ބަހާފައި ވަނީ 60ރ. އެވެ. އަދި 2020 ވަނަ އަހަރު ބަހާފައި ވަނީ ހިއްސާއަކަށް 58ރ. އެވެ. އެކުންފުނިން 2019 އަދި 2018 ގައި ހިއްސާއަކަށް ބަހާފައިވަނީ 58 ރުފިޔާއެވެ.