މާލޭގައި ހަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލަން އަންގައިފި އެވެ.
އުމުރުން 55 އަހަރުގެ މީހަކު މިދިޔަ މަހު ހައްޔަރުކުރީ އޭނާއާ އާއިލީގެ ގޮތުން ގުޅުން އޮންނަ ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގަ އެވެ. އޭނާގެ ބަންދަށް ކޯޓުން ކުރިން 30 ދުވަސް އިތުރުކޮށްދިނެވެ.
އޭނާ މިއަދު ބަންދުން ދޫކޮށްލީ ކްރިމިނަލް ކޯޓަށް އަލުން ބަންދު މުއްދަތު އިތުރުކުރަން ގެންދިއުމުންނެވެ.
އޭނާ ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ. ކުރި ޝަރުތުތަކެއް ސާފެއް ނުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!