ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވުމަށް ނިންމާފައިވާ 05 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް އަންނަ މަހު ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ.

އެ އެސޯސިއޭޝަނުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ އެ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 05 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހު ފަށަން ނިންމާފައިވާ ކަމަށެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ އެ އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުން، މުބާރާތުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ކުރަންޖެހެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ކުލަބުތަކުގެ ޓީމް ލިސްޓް ހުށަހަޅަން ޖެހެނީ މި މަހުގެ 31 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ނެވެ.

ޓީމް ލިސްޓް ހުށަހަޅަން ޖެހެނީ އެ އެސޯސިއޭޝަންގެ އޮފީހަށެވެ. އަދި ފޯމުތައް ދޫކުރާނީ ވެސް އެ އޮފީހުންނެވެ. އެ އެސޯސިއޭޝަންގެ އޮފީސް ހުންނަނީ ގަލޮޅު ދަނޑުގައެވެ.

މުބާރާތުގައި ބައިވެރިވާ ކުލަބްތަކުގެ މެދުގައި ގުރުއަތުލުން ބޭއްވޭނެ ތަނަކާއި ވަގުތު ފަހުން އަންގަން ނިންމާފައިވާއިރު، އިތުރު މައުލޫމާތު އެ އެސޯސިއޭޝަން ގެ ޖެނެރަލް ސެކްރެޓަރީ (9879555) އަށް ގުޅުމުން ލިބޭނެ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ޢިއުލާންގައި ބުނެފަވެއެވެ.