ޔުއެފާ ޗެމްޕިއަންސް ލީގު ގައި ފަހަތުން އަރާ 3-2 ގެ ނަތީޖާއިން ވިލަރެއާލް ބަލިކޮށް ލިވަޕޫލް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ.
ވިލަރެއާލް ދަނޑުގައި ކުޅުނު މި މެޗް ފުރަތަމަ ހާފު ނިމުނީ 2-0 ގެ ނަތީޖާއިން ވިލަރެއާލް ކުރީގައި އޮވެގެންނެވެ.
ފުރަތަމަ ގޯލް މެޗުގެ 3 ވަނަ މިނެޓްގައި އެޓިއެން ކެޕޫ ގެ އެހީތެރިކަމާއެކު ވިލަރެއާލް އަށް ކާމިޔާބު ކޮށްދިނީ ބައޮލޭޑިއާ އެވެ. ދެވަނަ ގޯލް މެޗްގެ 41 ވަނަ މިނެޓްގައި ފުރަންސިސް ކޮކްލިން ކާމިޔާބު ކޮށްދިނީ ވެސް އެޓިއެން ކެޕޫ ގެ އެހީތެރިކަމައެކުގައެވެ.
ލިވަޕޫލްއިން ދެވަނަ ހާފު ފެށީ ޑިއެގޯ ޖޮޓާގެ ބަދަލުގައި ލުއިސް ޑިއާޒް ކުޅެން އަރުވައިގެން ނެވެ. މިމެޗްގައި ލިވަޕޫލްގެ ދެވަނަ ލަނޑު 67 ވަނަ މިނެޓް ގައި ކާމިޔާބު ކޮށްދިނީ ޑިއާޒް އެވެ. މިލަނޑު ޖެހުމުގެ 5 މިނެޓް ކުރިން ލިވަޕޫލްގެ ފުރަތަމަ ގޯލް ސަލާހް ގެ އެހީތެރިކަމާއެކު ފަބީނިއޯ ކާމިޔާބު ކޮށްދިނީ މެޗްގެ 62 ވަނަ މިނެޓްގައެވެ.
ތިންވަނަ ގޯލް 74 ވަނަ މިނެޓްގައި ކެއިޓާ ގެ އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިނީ މާނޭ އެވެ.
ގޯލާ އަމާޒް ކޮށް ލިވަޕޫލް 6 ހަމަލާ، ވިލަރެއާލް އިން 3 ހަމަލާ ފޮނުވާލި މެމެޗް ގައި ދެ ޓީމް ގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!