އުރީދޫ މަސް ރޭހުގެ ގްރޭންޑް ފައިނަލް މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ.
އުރީދޫ މޯލްޑިވްސް އިން ކޮންމެ ރޯދަ މަހަކާ ދިމާކޮށް ބާއްވާ މުބާރާތެކެވެ. އެ މުބާރާތް މިއަހަރު ބާއްވާފައިވަނީ ކޮވިޑާ ގުޅިގެން ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ.
މިރޭގެ ފައިނަލުގައި ހަތަރު ޓީމަކުން ވާދަ ކުރާނެއެވެ. އެއީ ކޮންމެ ހަފްތާއަކު އެއްވަނަ ހޯދި ޓީމުތަކެވެ.
މުބާރާތުގެ ފުރަތަމަ ހަފްތާގައި އެއްވަނަ ހޯދައިގެން ގޯޅިއަންސް ފައިނަލުން ޖާގަ ހޯދި އިރު ދެވަނަ ހަފުތާގައި ސްޓެލްކޯ ކަނބަލުން، ތިންވަނަ ހަފްތާގައި އެފްއެސްއެމް އަދި ހަތަރު ވަނަ ހަފްތާގައި ކެޔޮޅު ބައްޕި ޓީމުން ވަނީ ފައިނަލުގައި ޖާގަ ކަށަވަރު ކޮށްފައެވެ.
މުބާރާތުގެ ފައިނަލް އޮންނާނީ މިރޭ 9:30 ގައި އުސްފަސްގަޑުގައެވެ. އެ މުބާރާތުގެ ނިންމުން ކުލަ ގަދަކޮށް ފާހަގަަ ކުރާނެއެވެ.
މިރަސްމިއްޔާތުގައި ބޮޑުމަސް ދުއްވުމާއި ހަބޭސް ބޮޑުބެރު ގުރޫޕްގެ ހަރަކާތްތައް ކުރިއަށް ދާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!