އެސްޓީއޯގެ ނަމުގައި އޮޅުވާލައިގެން ސޯޝަލް މީޑިއާގައި ޕްރޮމޯޝަނެއް ހިންގާތީ ސަމާލުވާން އެ ކުންފުނިން އެދިއްޖެއެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ ޕްރޮމޯޝަނަކީ ފައިސާގެ އިނާމު ލިބޭ ގޮތަށް ހިންގާ ޕްރޮމޯޝަނެއް ކަަމަށެވެ. އެހެންވެ، އެކަމަށް ސަމާލުވުމަށާއި ފައިސާގެ އިނާމް ލިބޭ ފަދަ އެއްވެސް ޕްެރޮމޯޝަނެއް ހިންގާނީ އެ ކުންފުނީގެ އޮފިޝަލް ޕޭޖު މެދުވެރިކޮށް ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.
މީގެ އިތުރުން އެސްޓީއޯ ޕްރޮމޯޝަންތަކުގައި ބައިވެރިވެގެން އިނާމް ލިބޭ ފަރާތްތަކަށް އެ ކުންފުނިން ގުޅާނީ ކޯލް ސެންޓަރު 1422 މެދުވެރިކޮށް ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ ކުންފުނިން ވަނީ އޮޅުވާލައިގެން ހިންގާ ޕްރޮމޯޝަނުގައި ބައިވެރިނުވާން ކަސްޓަމަރުންގެ ފަރާތުން އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!