މިއަދުން ފެށިގެން ކޮންޓްރޯލެއް ނެތި މިފްކޯއަށް މަސް ކިރޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
މަސްވެރިކަން ރަނގަޅުވެ، މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބޭތީ، މިދިޔަ މަހު އެކުންފުނިން ވަނީ މަސް ކިރުން ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން ކޮންމެ ދޯންޏަކަށް ހަތް ޓަނު މަސް ކިރުވޭ ގޮތަށް ނިންމިއެވެ.
މަސް ގަތުން ކޮންޓްރޯލް ކުރުމުން ދެކުނުގެ މަސްވެރިން ވަނީ އެކަމާ ނުރުހުން ފާޅުކޮށް މުޒާހަރާވެސް ކޮށްފައެވެ. އަދި މަސް ކިރުވަން ބައެއ ދޯނިތަކުން ހުޅުމާލެއަށްވެސް އައެވެ.
މިފްކޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މަސްވެރީންގެ ކަންބޮޑުވުންތައް ބަލައިގަނެ، މިއަދުން ފެށިގެން ކޮންޓްރޯލެއް ނެތި މަސްކިރުމުގެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް ބަލަނީ މަސްވެރިންނަށް ފެންވަރު ރަނގަޅު އަދި އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން ވަނީ މަސްވެރީންނަށް މަސްކިރުވުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން އެ ކުންފުނީގެ ސްޓޯރޭޖު ކެޕޭސިޓީ އިތުރުކޮށް، މަސްވެރީން ބާނާ މަސް ތާޒާކަންމަތީ ގަނެ އަދި ފިނިކޮށް، ރައްކާކުރުން ހަރުދަނާކުރުމަށް ދުވާލަކު 100 ޓަނު މަސް ފިނިކުރެވޭ އަދި 300 ޓަނު މަސް ސްޓޯރު ކުރެވޭ ބޯޓަކާއި މަސް އެސްޕޯޓްކުރުމަށް 2،400 ޓަނުގެ ރީފާ ކެރިއަރެއް ރާއްޖެ ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!