މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 2021 ވަނަ އަހަރުގެ އަަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 19 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ.

އެ ކުންފުނިން ބުނީ އަހަރީ އާންމު ޖަލްސާ އޮންނާނީ އެ ދުވަހުގެ ރޭ 8:30 ގައި ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ މާލަމުގައި ކަމަށެވެ. އެ ޖަލްސާގައި ހިއްސާދާރުންނަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ވަޑައިގެން ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.

Ad
rt

އެ ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 18 ވަނަ ދުވަހުގެ އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 17 ވަނަ ދުވަހުގެ ރޭ 8:30 ގެ ކުރިން ރަޖިސްޓާކުރެވޭނެއެވެ. އެގޮތުން، މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯޓަލް (www.infinity.mv) މެދުވެރިކޮށް، ނުވަތަ އެމްޓީސީސީގެ "2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ރަޖިސްޓާކުރުމަށް އެދޭ ފޯމް" shareholders@mtcc.com.mv އަށް އީމެއިލް ކޮށްގެން ޖަލްސާއަށް އަމިއްލަ ހައިސިއްޔަތުން ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ރަޖިސްޓާ ކުރެވޭނެއެވެ.

އެމްޓީސީސީގެ ބޯޑުން ވަނީ މޫނުމަތީ އަގު ކަމަށްވާ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3.50 ރުފިޔާ ބެހުމަށާއި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމުލަ 28.1 މިލިއަން ރުފިޔާ ބެހުމަށް އަހަރީ އާއްމު ޖަލަސާއަށް ހުށަހަޅަން ފާސްކޮށްފައެވެ.