އެސްޓީއޯ ޕީޕަލްްސް ޗޮއިސްގައި މުދާ ވިއްކަން ބޭނުންވާ ފަރާތްތަކަށް ރެކު ކުއްޔަށް ދޫކުރަން އެ ކުންފުނިން އިއުލާން ކޮށްފިއެވެ.
އެ ކުންފުނިމް ބުނީ ރެކް އަދި ރެކްގެ ހަރުފަތް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ރެކް ވެންޑަ ފޯމް އެ ލ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އަކީ އެ ކުންފުނީގެ ސުޕަމާޓް ރިބްރޭންޑުކޮށް ހުޅުވި ފިހާރައެވެ. އެއީ ރާއްޖެއަށް މުޅިން އާ ވިޔަފާރި ކޮންސެޕްޓެއް ކަމަށްވާ “ހައިޕަ މާކެޓް” ކޮންސެޕްޓަށް ހުޅުވާފައިވާ ފިހާރައެކެވެ.
އެ ފިހާރައިގައި އެސްޓީއޯގެ އިތުރުން ރާއްޖޭގައި ތަފާތު ބާވަތްތަކުގެ މުދާ ވިއްކާ ފަރާތްތަކަށް ވަނީ ވިޔަފާރި ކުރުމުގެ ފުރުސަތު ދީފައެވެ. އޭތެ ތެރޭގައި ސެންޓާއި މޭކަޕާއި އިލެކްޓްރޯނިކްސް އާއި ސްޓެޝަނަރީ އާއި ކުޅޭ ތަކެއްޗާއި ބޭކަރީ ހިމެނެއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ރެކް އަދި ރެކްގެ ހަރުފަތް ކުއްޔަށް ދިނުން
ފޯމް: https://t.co/blzjWz7QLP pic.twitter.com/VoW0RIp7MG
— STO People's Choice (@stopc_mv) April 28, 2022
މީގެ އިތުރުން އެސްޓީއޯ ބޭސް ފިހާރައިގެ ހިދުމަތް ވެސް އެ ފިހާރައިން ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!