ޓޫރިޒަމް މިނިސްޓްރީ އިން ސޯޝަލް މީޑިއާގައި ފަށާފައިވާ “ނަލަ ނަލަ ރާއްޖެ” ވީޑިއޯ ޗެލެންޖުގެ އެސޯސިއޭޓް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
އެ ޗެލެންޖަކީ ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރަން ނެރުނު ނަލަ ނަލަ ރާއްޖެ ލަވައަށް ލިޕްސިންކް ކުރާ ޗެލެންޖެކެވެ. މިނިސްޓްރީއާއެކު ވެފައިވާ ޕާޓްނާޝިޕްގެ ދަށުން އުރީދޫ އިން އެ ކުންފުނިން ހިދުމަތް ދެމުން އަންނަ 10 ގައުމުގައި 117 މިލިއަނަށްވުރެ ގިނަ މީހުންނަށް ޗެލެންޖް ޕްރޮމޯޓް ކުރާނެއެވެ.
އެ ޗެލެންޖަކީ ދިވެހިންނާއި ބޭރުގެ ފަރާތްތަކަށްވެސް ބައިވެރިވެވޭ ޗެލެންޖެކެވެ. އެ ޗެލެންޖުގެ މުއްދަތު ވެސް ވަނީ ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
އެ ޗެލެންޖުގައި ބައިވެރިވާން 60 ސިކުންތައްވުރެ ދިގު ނޫން ވީޑިއޯއެއް ހެދުމަށްފަހު އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓިކްޓޮކް މެދުވެރިކޮށް ހިއްސާ ކުރުމުން ބައިވެރިވެވޭނެއެވެ.
ޓޫރިޒަމް މިނިސްޓްރީން އެ ޗެލެންޖުގައި ވަނަތަކަށް ހޮވޭ ދިވެހިންނަށް 25000ރ. އާ ހަމައަށް ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު ބޭރު މީހުންނަށް ޗުއްޓީ ދަތުރުތައް ވަނީ ހުށަހަޅައިފައެވެ. އުރީދޫ އިން ދިވެހިންގެ ތެރެއިން ވަނަތަކަށްދާ މީހުންނަށް މައިފައި ދޭއިރު ބޭރު މީހުންނަށް ޓޫރިސްޓް މައިފައިއެއް ދޭނެއެވެ.
މި ޗެލެންޖުގައި ގިނަވެގެން ތިން ވީޑިއީ ބައިވެރިކުރެވޭނެއެވެ. ވަނަތައް ހޮވާނީ އެންމެ ގިނަ ލައިކްސް ޝެއާ އަދި ވިއުސްއަށް ބަލައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!