ގެލްތު މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ ނިޒާމަށް ބޭނުންވާ 96 އެމްބިއުލާންސް ސަޕްލައިކޮށް ނިންމައި, އެ އެމްބިއުލާންސްތައް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދައި ގެނައުމަށްޓަކައި ހެލްތު މިނިސްޓްރީން އެސްޓީއޯއާ ހަވާލުކުރީ 10 ޖޫން 2021ގަ އެވެ.
އެ ޕްރޮޖެކްޓް ނިންމުން ފާހަގަކުރުމުގެ ގޮތުން އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފުލާގައި އެމްބިއުލާންސްތައް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދުއެވެ. މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު އަހުމަދު ނަސީމެވެ.
@stoplc މެދުވެރިކޮށް އަތޮޅުތެރޭގެ ރަށްރަށަށް ފޯރުކޮށްދިނުމަށް ގެނެވުނު 96 އެމްބިއުލާންސް މިނިސްޓްރީ އާއި ހަވާލުކޮށް ނިންމުމުގެ ރަސްމިއްޔާތު pic.twitter.com/upASoJsgWE
— Ministry of Health (@MoHmv) April 26, 2022
އެސްޓީއޯ އިން ބުނީ, ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކޮށް ކުރުމަށް މިއަދުގެ ސަރުކާރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށް ދިނުމުގެ މަސައްކަތުގައި އެކުންފުނީގެ ބޮޑު ހިއްސާއެއް އެކުލެވުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!