ޔުއެފާ ޗެމްޕިއަންސްލީގުގައި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރެއާލް މެޑްރިޑް ގެ މައްޗަށް މެންޗަސްޓާ ސިޓީ ކުރި ހޯދައިފިއެވެ.
މިދިޔަ ސީޒަންގައި ރިޔާލް މައްޗަށް ސިޓީ ކުރިހޯދީ ރައުންޑްއޮފް 16 ގައި ދެމެޗްވެސް 2-1 ގެ ނަތީޖާއިންނެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު ސެމީފައިންލްމެޗް ރިއާލް ކާމިޔާބް ކުރީ 4-3 ގެ ނަތީޖާއިންނެވެ.
މެޗްގެ 2 ވަނަ މިނެޓްގައި މަހަރޭޒް ގެ އެހީތެރި ކަމާއެކު ޑި ބުރައިނާ ވަނީ މެޗްގެ ފުރަތަމަ ގޯލް ކާމިޔާބް ކޮށްފައެވެ. މިއީ ޗެމްޕިއަސްލީގްގެ ތާރީޙް ގައިވެސް ސެމީފައިނަލް މެޗެއްގައި ޖެހި އެންމެ އަވަސް ގޯލެވެ.
ސިޓީގެ ދެވަނަ ގޯލް ޑި ބުރައިނާގެ އެހީތެރިކަމާއެކު މެޗްގެ 11 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ގެބްރިއަލް ޖީސެސް އެވެ.
33 ވަނަ މިނެޓްގައި މެންޑީގެ އެހީތެރިކަމާއެކު ކަރިމް ބެންޒެމާ ގޯލެއްޖަހައި ރެއާލްއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނެވެ.
ދެވަނަ ހާފް ފަށައިގެން މެޗްގެ 53 ވަނަ މިނެޓް ގައި ފެނާންޑީނިއޯ ގެ އެހީތެރިކަމާއެކު ފިލް ފޯޑެން ލަނޑެއްޖަހާ ދެވަނަ ފަހަރަށް ސިޓީއިން ދެގޯލްގެ ލީޑެއް ނެގިއެވެ. މިގޯލް ގެ ކުރިން 48 ވަނަ މިނެޓް ގައި ރިޔާދް މަހަރޭޒް ފޮނުވާލި ބޯޅައެއް ވަނީ ގޯލްގެ އަރިމަތީ ދަޑިއަށް އަމާޒް ވެފައެވެ.
މިފަހަރު ދެ ގޯލްގެ ލީޑެއްގައި ސިޓީއަށް ހިފާއްޓާލެވުނީ އެންމެ ދެމިނެޓް އެވެ. ރިއާލްގެ ހާފްތެރެއިން މެދުރޮގު މަތިން ކަހަލަ ގޮތަކަށް ވިނިސެސް ޖޫނިއާ ފެނާންޑީނިއޯ ކައިރިން ވަރަށް ރީތިކޮށް ނައްޓާލައިފައި ގޮސް ވަނީ ގޯލެއްޖަހާފައެވެ. މިގޯލް ވިނިސްސް ޖެހީ މެންޑީ ގެ އެހީތެރިކަމާއެކު 55 ވަނަ މިނެޓް ގައެވެ.
މެޗުގެ 3 ވަނަ ފަހަރަށް ސިޓީއިން ދެ ގޯލް ގެ ލީޑެއް ނެގީ ބާނާޑޯ ސިލްވާ ޖަހއިދިން ހިތްގައިމު ގޯލުންނެވެ. މިގޯލް ކާމިޔާބް ކޮށްދިނީ 74 ވަނަ މިނެޓްގައެވެ.
މެޗްގެ ފަހު ގޯލް ލިބުނު ޕެނަލްޓީއަކުން މެޗްގެ 82 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ކަރިމް ބެންޒެމާއެވެ. މީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު 9 މެޗުން ބެންޒެމާ ކާމިޔާބް ކުރި 12 ވަނަ ލަނޑެވެ. ސިޓީ ދަނޑުގައި ކުޅުނު މިމެޗުގައި ގޯލާ އަމާޒް ކޮށް 6 ހަމަލާއެއް ސިޓީން ފޮނުވާލިއިރު، ރެއާލްއިން ވަނީ 5 ހަމަލާއެއް ގޯލާ އަމާޒްކޮށް ފޮނުވާލާފައެވެ.
މި ދެޓީމް ކުޅޭ ދެވަނަ ލެގްގެ މެޗް އޮށްނާނީ އަންނަމަހު 5 ގައި ރެއާލް ދަނޑުގައެވެ. މިމެޗް ފަށާނީ ރާއްޖެ ގަޑިން ރޭގަޑު 12 ޖަހާއިރުއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!