ބޭނުންވާ ތަކެތި

  • 4 ކޮޕީ ފަތް
  • 1 ތަށި ވަޅޯ މަސް
  • 1 ޖޯޑު ހުނި
  • 1/2 ގިތެޔޮ މިރުސް (ހިމުންކޮން ކޮށާފައި)
  • 1 ކުޑަ ފިޔާ (ތުނިކޮން ކޮށާފައި)
  • 3 ހިކަނދި ފަތް (ތުނިކޮން ކޮށާފައި)
  • 1 ސަމްސާ ލިނބޯ ހުތް
  • ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

Ad
rt

ފަތް ތުނިކޮށް ކޮށާލާ، ކޮށަން ވާނީ ފަތްތަކަށް އެހާބޮޑަށް ނުފިއްތާ ޗަސް ނުވާނެ ހެންނެވެ. އެއަށްފަހު މިރުސް، ފިޔާ، ލުނބޯ ހުތް އަދި ލޮނާއި ވަޅޯ މަސް އެއްކޮން ރަނގަޅަށް މޮޑެލާށެވެ.

ދެން މޮޑޭނީ ހުނި އަޅައިގެން ނެވެ. ފަޖު އެއްޗަކަށް ކޮށާފައިހުރި ފަތްކޮޅު އަޅާ މަޑުމަޑުން އެއްކޮށްލާށެވެ. އެއަށްފަހު ފިނި ފެންފޮދެއް އަޅާ އެއްކޮށްލާށެވެ. އައިސް ފެން އެޅީމާ މަސްހުނި މަޑުވާނެއެވެ. ކާންވެސް ފަސޭހަވެފައި މީރު ވާނެ އެވެ.