ރޯދަ މަހު އެކަކު އަނެކަކަށް އޯގާތެރިވުމާއި ބޭނުން ޖެހިފައިވާ މީހުންނަށް އެހީވުމަކީ މުޖުތަމައުން ފެންނަ ވަރަށް ރީތި އާދައެކެވެ. އެ ކަމުގައި ކުންފުނިތަކުންވެސް މިހާރު ނަމޫނާ ދައްކައެވެ. އެގޮތުން، އުރީދޫ އިން ފޯރުކޮށްދޭ އިފއތާރު ޕެކުތަކަކީ މީގެ ނަމޫނާއެކެވެ.

ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހަކު އުރީދޫ އިން ބިދޭސީންނަށް އިފްތާރު ޕެކު ބަހައެވެ. މާލެއާއި ހުޅުމާލޭގައި ހިންގާ މި ހަރަކާތުގައި މި ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީންނަށް ރޯދަ ވީއްލާނެ ތަކެތި ފޯރުކޮށްދެވެއެވެ.

Ad
rt

އުރީދޫ އިން އެ ހަރަކާތް ކުރިއަށްގެންދަނީ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އާ ގުޅިގެންނެވެ.

މިއަދުވެސް އެ ކުންފުނިން ވަނީ ގިނަ އަދަދެއްގެ އިފްތާރު ޕެކުތައް ބިދޭސީންނަށް ބަހައިފައެވެ.

މި ހަރަކާތުގައި ދުވާލަކު ގާތްގަނޑަކަށް 200 އެއްހާ ޕެކް ބަހައެވެ. މިއީ ކުރިންވެސް އެ ކުންފުންޏާއި އެމްއެމްޑަބްލިއު ގުޅިގެން ހިންގާ ހަރަކާތެކެވެ. އެގޮތުން، މިދިޔަ އަހަރު ވެސް 4500 ޕެކް ވަނީ ބަހައިފައެވެ.

މި ޕެކުތައް ބެހުމުގައި އަމަލީ ގޮތުންވެސް އުރީދޫ އިން ބައިވެރިވެއެވެ.