ގުރުޑަކީ އޭގެ ޒާތުގައި ބަދަލެކެވެ. ގަހުގެ ފަތްތަކާއި ކުރިތަކަށް އަންނަ ބަދަލެކެވެ. އެއީ ފަތް ރޫޖެހުމެވެ. ފަތް ބޯވުމެވެ. އޮމާންވެ ފަތްތަކުގެ ސިފަ އައިބުވުމެވެ. ހަރުވެ ހިކުމެވެ.
ބައެއް ފަހަރު މި ހުރިހާ ބަދަލެއްް އައުމެވެ. އަނެއްބައި ފަހަރު ކޮންމެވެސް އެއް ބަދަލެއް ނުވަތަ ބަދަލުތަކެއް އައުމެވެ.
އަހަރެމެން ކިޔަނީ ގުރުޑުވީއެވެ. ނުވަތަ ގުރުޑުބަލި ޖެހުނީއެވެ. މިވީގޮތަކީ މާ ހޫނުގަދަވުން، މާ ފިނިގަދަވުން ނުވަތަ ވާރޭފެން ޖެހުން ފަދަ ގުދުރަތީ ކަމަކާހެދި ފަތްތަކަށް މި ދެންނެވި ބަދަލުއައީ އެވެ.

ނުވަތަ ކޫޑި، އެފިޑް، މައިޓް ނުވަތަ ތްރިޕް ފަދަ ސޫއްޕެއް ގަހުގައި އާލާވެ އެސޮރުމެން ފަތްތަކުން ދިޔަބޯތީ ފަތްތަކަށް އެ ބަދަލު އައީއެވެ.
ބައެއްފަހަރު، ވައިގެ ޒަރީއާއިން ނުވަތަ ސޫއްޕެއް އުފުލި ވައިރަހެއް ގަހަށް ފެތުރި ފަތްތަކަށް އެބަދަލު އައީއެވެ.

ޖުމްލަކޮށް މިވާ ގޮތަކީ ގުދުރަތީ ކަންކަމުންނާއި ސޫފިތައް އަދި ވައިރަހުން ގަހުގެ ފަތްތަކާއި ކުރިތަކުގެ ގުދުރަތީ މަސައްކަތަށް ނުވަތަ ނިޒާމުތަކަށް ހުރަސްއެޅި ގުރުޑު ބަދަލު އަންނަނީ އެވެ.
ގުދުރަތީ ސަބަބުތަކާ ހުރެ ކުރިމަތިވާ ގުރުޑުން ސަލާމަތްވާން އެސަބަބުތަކުން ގަހަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެހެން ހުރި ކަންކަން ކުޑަކުރަންވީ އެވެ.

ސޫފިތަކުގެ ޒަރީއާއިން ވާ ގުރުނޑުން ގަސް ސަލާމަތްކުރުމަށް ކުރީބައިގައި ނީމްއޮއިލް ނުވަތަ އިންސެކްޓިސައިޑަލް ސޯޕް ފަދަ އެއްޗެއް ގަވާއިދުން ޖަހަމުން ގެންދަންވީއެވެ. ސޫފި ކޮންޓްރޯލްކުރުމަށް ހުންނަ ބޭސްތައް ބޭނުންކުރުމަކީވެސް ނުކޮށްނުވާ ޙާލަތްތަކުގައި ކުރެވިދާނެ ކަމެކެވެ.

ވައިރަސް އިން ވާ ގުރުނޑަށް މާގިނަ ބޭސްތަކެއް ނުހުރެއެވެ. ލޮނުމެދު،ފިޔާ، ފަޅޯފަތް އަދި އިނގުރު ބޭނުންކޮށްގެން އަމިއްލައަށް ތައްޔާރުކުރާ ބޭސްތަކުން ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބެއެވެ.

ގުރުޑުވާނެ ނޫންތޯއެވެ؟ އެއްވެސް ސޫއްޕެއް މިގެންގުޅޭ ބޭހަކަށް 'ނުގުޑައެވެ'. ވާނީވެސް އެހެންތާއެވެ! ބޭހެއް ކާނާއެއް ވަކި ނުވާ ޙާލުގައި ތިބެމެ، ބަޔަކުމީހުންގެ ވިޔަފާރީގެ އަވައިގައި ޖެހި ކާނާއެއް ބޭނުންކުރާ ގޮތަށް ރިހާކުރުބޭހާއި އެބޭހާއި މިބޭސް ބޭނުންކުރަމުންދަނީ ސޫފިތަކަށް އެއީ 'ކާނާއެއް' ފަދަ 'މީރު އެއްޗަކަށް' ވާހާވެސް ގިނައިން އަދި ޢާއްމުކޮނެވެ.
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! الله أعلم
ގުރުނޑުވުމާ ބެހޭ އިތުރު މަޢުލޫމާތު އެކުލެވޭ ލިޔުމެއް:
'ގުރުނޑުބަލީގެ ވައްތަރުތަކާއި ބަލީގެ ފަރުވާ '
ގުރުނޑުބަލީގެ ވައްތަރުތަކާއި ބަލީގެ ފަރުވާ - ހުބާ ޕްލާންޓްސް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!