މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) އިން ހިދުމަތް ހޯދި ޕަސިންޖަރުން ގެ އަދަދު 1.3 މިލިއަން އަރައިފިއެވެ.

ވީއައިއޭ ބަލަހައްޓާ މޯލްޑްވިސް އެއާޕޯޓްސް ކޮމްޕެނީ ލިނިޓެޑް (އެމްއޭސީއެލް) އިން އިއްޔެ ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓާގައި އައި ފަސިންޖަރުންގެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 75 އިންސައްތައިގެ އިތުރު އަދަދެކެވެ.

Ad
rt

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާ އާއި އަޅައި ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވީއައިއޭގެ އެއާ ޓްރެފިކް މޫވްމެންޓްސް (އޭޓީއެމްއެސް) ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި 15،000 އަށްވުރެ ގިނަ ފްލައިޓް މޫވްމަންޓް ވަނީ ރެކޯޑް ކޮށްފައެވެ. މިއީ 43 އިންސައްތައިގެ އިތުރުވުމެކެވެ.

އެއާޕޯޓް ޓްރެފިކް މޫވްމަންޓާއި ފަސިންޖަރުންގެ އަދަދު އިތުރުވެފައިވާއިރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިހާތަނަށް ބައި މިލިއަން ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.