އިނގިރޭސި ލީގް ގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން 4-2 ގެ ނަތީޖާއިން ޗެލްސީ މައްޗަށް އާސެނަލް ކުރި ހޯދައިފިއެވެ.

އެންމެފަހުން ލީގުގައި ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗުން ބަލިވެފައިވާ އާސެނަލް މިރޭ މެޗުގައި ޗެލްސީގެ ގޯލާ އަމާޒް ކޮށް 5 ހަމަލާ ފޮނުވާލިއެވެ. ޗެލްސީ އަށް ގޯލް އާ އަމާޒަށް ފޮނުވާލެވުނީ 2 ހަމަލާއެވެ.

Ad
rt

އެޑިއަން ކެޓިއާ ގެ ގޯލުން މެޗްގެ ކުރީ ކޮޅު އާސެނަލް އިން ލީޑް ނެގިއެވެ. އޭގެ 4 މިނެޓް ފަހުން މެޗްގެ 17 ވަނަ މިނެޓްގައި ޗެލްސީއަށް ނަތީޖާ ހަމަ ހަމަ ކޮށްދިނީ ޓިމޯ ވާނާ އެވެ. ޗެލްސީ ނަތީޖާ ހަމަ ހަމަ ކުރިތާ 10 މިނެޓް ފަހުން މެޗްގެ 27 ވަނަ މިނެޓް ގައި އެމިލް ސްމިތުރޯ ގެ ލަޑުން ދެވަނަ ފަހަރަށް އާސެނަލް ލީޑް ނެގިއެވެ. މިލަޑް ސްމިތްރޯ ކާމިޔާބް ކޮށް ދިނީ މާޓިން އޮޑްގާޑް ގެ އެހީތެރިކަމާއެކުގައެވެ.

މިފަހަރުވެސްއާސެނަލް އަށް ލީޑް ގައި ހިފާއްޓާ ލެވުނީ ކުޑަ ވަގުތު ކޮޅަކަށެވެ. 32 ވަނަ މިނެޓް ގައި މޭސަން މައުންޓް ގެ އެހީތެރިކަމާއެކު އަޒްބެލެކޮއެޓާ ވަނީ މެޗްގެ ނަތީޖާ ހަމަ ހަމަ ކޮށް ދީފައެވެ.

ދެވަނަ ހާފް ފަށައިގެން 57 ވަނަ މިނެޓް ގައި އެޑިއަން ކެޓިއާގެ ދެވަނަ ގޯލުން އާސެނަލް މެޗުގެ 3 ވަނަ ފަހަރަށް ލީޑް ނެގިއެވެ. މެޗްގެ އިތުރު ވަގުތު ލިބުނު ޕެނެލްޓީ އެއް ގޯލަން ވައްދާލާ އާސެނަލް އަށް 3 ޕޮއިންޓް ކަށަވަރު ކޮށްދިނީ ޒުވާން މިޑްފީލްޑަރ ބުކާޔޯ ސަކާ އެވެ.

މި ނަތީޖާ އާއެކު 32 މެޗުން ލިބުނު 57 ޕޮއިންޓާއެކު އާސެނަލް އޮތީ ލީގް ތާވަލް ގެ 5 ވަނައިގައެވެ.

މެޗުން ބަލިވި ޗެލްސީ އޮތީ 31 މެޗުން ލިބުނު 62 ޕޮއިންޓާއެކު ތާވަލްގެ 3 ވަނައިގައެވެ.

ރޭ ކުޅުނު އެހެން މެޗް ތަކަށް ބަލާއިރު 3-0 ގެ ނަތީޖާއިން ބްރައިޓަން ބަލިކޮށް ސިޓީ ވަނީ އަބުރާ ތާވަލްގެ އެއްވަނަ މަގާމް ހޯދާފައެވެ. ސިޓީއަށް 1 ވަނަ ލިބެނީ 32 މެޗުން ލިބުނު 77 ޕޮއިންޓާއެކުގައެވެ. މި މެޗްގައި ސިޓީގެ ގޯލްތަށް ޖަހައިދިނީ މަހަރޭޒް ، ފޮޑެން އަދި ސިލްވާ އެވެ.
މެޗުން ބަލިވި ބްރައިޓަން 33 މެޗުން ލިބުނު 40 ޕޮއިންޓާއެކު އޮތީ ތާވަލްގެ 10 ވަނައިގައެވެ.

ރޭ ލެސްޓާސިޓީ އަދި އެވަޓަން ބައްދަލު ކުރި މެޗް ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
31 މެޗުން ލިބުނު 29 ޕޮއިންޓާއެކު އެވަޓަން އޮތީ ތާވަލްގެ 17 ވަނައިގައެވެ. ލެސްޓާސިޓީ 9 ވަނައިގައި އޮތީ 31 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ.