މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނަކަށްވުރެ ގިނަ ވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ދައްކާގޮތުގައި، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ހަތަރު ލައްކަ ނުވަދިހަ އަށްހާހަށްވުރެ ގިނަ ފަތުރުވެރިން އައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލައި އިރު، 22،000 ފަތުރުވެރިން އިތުރު އަދަދެކެވެ.

Ad
rt

މިއަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ވެސް ލީޑިން މާކެޓްގެ ގޮތުގައި އިނގިރޭސި ވިލާތް ހިމެނުނު ފުރަތަމަ ފަހަރެވެ.

މިއަހަރުގެ މިހާތަނަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އިންޑިއާއިންނެވެ. އަދި ތިންވަނައި ގައި ރަޝިއާ ހިމެނޭއިރު އެ ލިސްޓުގައި ހިމެނޭ އެހެން ގައުމުތަކުގެ ތެރޭގައި، ޖަރުމަނާއި އިޓަލީ އާއި އެމެރިކާ އާއި ފްރާންސާއި ސްވިޒަލެންޑް ހިމެނެއެވެ.

މިއަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.