ބޭނުންވާ ތަކެތި
1 ސައިސަމްސާ ކޮފީ
3 ކިއުބް ޗޮކްލެޓް
1 ސަމްސާ މާމުއި
5 އައިސް ކިއުބް
1/2 ތަށި މިލްކު
1 ސަމްސާ ޗޮކޮލެޓް ނޫނީ ވެނީލާ އައިސްކްރީމް
ތައްޔާރުކުރާނެ ގޮތް
ބްލެންޑަރ އަށް ޗޮކްލެޓާއި މިލްކް އަދި ކޮފީ އަޅާފައި ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު މާމުޔާއި އެކު އައިސް ކިއުބް އަޅާފައި މިކްސް ކޮށްލާށެވެ.
ތައްޓަށް އެޅުމަށްފަހު މައްޗަށް އައިސްކްރީމް އަޅާފައި ސާރވް ކުރަންވީ އެވެ. ލުއިވެފައި އެހާމެ މީރު ވާނެ އެވެ.
މިއީ ޗޮކްލެޓާއި އެކު ކޮފީ ކަމުދާ މީހުންނަށް ހާއްސަ ބުއިމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!