ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އިސްތިއުފާ ދެއްވައިފި އެވެ.

ހދ. ނައިވަދޫއަށް ނިސްބަތްވާ ފަނޑިޔާރު ސަމީރަކީ ހައި ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަންގައި އިންނަވާ ފަނޑިޔާރު ވެސް މެ އެވެ. ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާ އެކު، އެ ކޮމިޝަންގެ މެމްބަރު ކަމުން ވެސް އޭނާ ވަކިވީ އެވެ.

Ad
rt

ފަނޑިޔާރު ސަމީރަކީ ހައި ކޯޓުގައި މަޝްހޫރު ބޮޑެތި މައްސަލަތަކެއް ބެއްލެވި ބޭފުޅެކެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލި މައްސަލަ އާއި ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދުގެ މައްސަލަ ވެސް ހިމެނެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަން 2011 ވަނަ އަހަރު ލިބިވަޑައިގަތުމުގެ ކުރިން އޭނާއަކީ ސިވިލް ކޯޓުގެ އިސްގާޒީ އެވެ. އޭނާއަކީ ހައި ކޯޓު ހިންގުމާ ހަވާލުވެގެން އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާ އެވެ.