“ހަނީ ގާލިކް ޗިކަން” އަކީ ރޯދަ ވީއްލަން ނުވަތަ ހާރުދަމަށްވެސް ކަމުދާނެ ފަސޭހައިން ތައްޔާރުކުރެވިދާނެ ބާވަތެކެވެ.

ރޯދަމަހު ނޫނަސް އެހެން މަސްމަހުގައިވެސް މެންދުރު ނުވަތަ ރޭގަނޑުގެ ކެއުމަށް އިންސާފުކޮށްލަން ރަނގަޅުވާނެ އެވެ. ޕާސްތާ އާއި އެކު ނުވަތަ ގާލިކް ރައީސް އާއި އެކު މީރު ވާނެ އެވެ.

Ad
rt

ކުކުޅު މެރިނޭޓް ކުރަން ބޭނުންވާ ތަކެއްޗާއި ތައްޔާރު ކުރާނެ ގޮތް

500 ގުރާމް ޗިކަން ބުރެސްޓް
1 ސަމްސާ ޕެޕަރ ޕައުޑަރ
1 ސަމްސާ ގާލިކް ޕައުޑަރ
1 ސަމްސާ އޮރިގާނޯޯ
ރަހަލާވަރަށް ލޮނު
1 ތަށި ފުއް
ބަޓަރ

ފުށާއި ބަޓަރު ފިޔަވާ ބާކީ ހުރި ހުރިހާ އެއްޗެއް އެކޮށްލުމަށްފަހު ކުކުޅު ބްރެސްޓްތައް މެދުން ފަޅާލުމަށްފަހު ހާކާލާށެވެ. އެއަށްފަހު 30 މިނެޓް މެރިނައިޓް ކުރަން ބަހައްޓާށެވެ. މެެރިނޭޓް ވުމުން ދެފުށުގައި ފުއްލާށެވެ. ދެން ތަވާގައި ބަޓަރ މެލްޓް ކޮށްފައި ކުކުޅުތައް ފިހެލާށެވެ.

ސޯސް ތައްޔާރުކުރަން ބޭނުންވާ ތަކެތި

3 ސަމްސާ ބަޓަރ
5 ގާލިކް ޗޮޕްޑް
1 ސައި ސަމްސާ ގާލިކް ޕައުޑަރ
3 ސަމްސާ މާމުއި
1 ސަމްސާ ސޯޔާ ސޯސް
1 ސަމްސާ އޮއިސްޓަރ ސޯސް

ތައްޔާރުކުރާނެ ގޮތް

ތަވާ ހޫނުވީމަ ބަޓަރ މެލްޓް ކޮށްލާފައި ލޮނުމެދު ކޮޅު މަޑު މުށި ކުލަ އަރަންދެން ރަތް ކޮށްލާށެވެ.

ރަނގަޅަށް ރަތްވީމައި މަޑުމަޑުން ހާކަމުން ފަހަރަކު ބާވަތެއް މި ތަރުތީބުން އަޅަމުން ދާށެވެ. މާމުއި، ސޯޔާ ސޯސް އަދި އޮއިސްޓަރ ސޯސް އަޅާލާށެވެ. އެއަށްފަހު ގާލިކް ޕައުޑަރ އާއި ޗިލީ ފްލެކްސް އަޅާލާފައި އެއްކޮށްލާށެވެ. އެއަށްފަހު ކުކުޅު ކޮޅު އަޅާފަ ރަނގަޅަށް ކުކުޅުގެ ދެފުށުގައި ސޯސް ހާކަލާފައި 3 މިނެޓް ވަންދެން ކައްކާލާށެވެ.

މާބޮޑަށް ހިކޭ ނަމަ ކުޑަ ފެން ފޮދެއް އަޅާލަން ވާނެ އެވެ.